އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/08/2020

އުމުރުން 25 އަށްވުރެދޮށީނަމަ، އެއްފަހަރު ނަމަވެސް ހެޕަޓައިޓިސްއަށް ޓެސްޓު ކުރޭ: ޑރ. ފައިސަލް

ރާއްޖޭގައި ހެޕަޓައިޓިސް ބީ ވެކްސިން ދޭން ފަށާފައިވަނީ މީގެ 25 ވަރަކަށް އަހަރު ކުރިންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/08/2020

Hepatitis B
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހެޕަޓައިޓިސް އަކީ ފުރަމޭ ދުޅަވުމެވެ. އެންމެ ގިނައިން މޭގަނޑު ދުޅަވާން ދިމާވަނީ ވައިރަސް އެއްގެ ސަބަބުންނެވެ. މޭގަނޑު ދުޅަކުރާ ނުވަތަ ހެޕަޓައިޓިސް ޖައްސާ މައިގަނޑު 5 ވައްތަރެއްގެ ވައިރަސް ހުރެއެވެ. އެއީ:-

  • ހެޕަޓައިޓިސް އޭ
  • ހެޕަޓައިޓިސް ބީ
  • ހެޕަޓައިޓިސް ސީ
  • ހެޕަޓައިޓިސް ޑީ
  • ހެޕަޓައިޓިސް އީ
  • ހެޕަޓައިޓިސް ޖީ

މި ފަސް ވައްތަރުގެ ތެރެއިން ހެޕަޓައިޓިސް ބީ އަށް ރާއްޖޭގައި ވެކްސިން ދޭންފެށީ މީގެ 25 އހަރު ކުރިންނެވެ. މިއީ ފުރަމޭ ނުވަތަ މޭގަނޑަށް ޖެހޭ ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ.

ހެޕަޓައިޓިސް ބީގެ ސަބަބުން ފުރަތަމަ ދުވަސްކޮޅު ފެންނަ އަލާމާތްތަކުގެ އިތުރުން، މިއީ ގިނަ ދުވަސްތަކަކަށް ދެމިގެންދާ ބައްޔަކަށްވެ، އަދި އޭގެ ސަބަބުން ނުރައްކާތެރި އެހެން ބަލިތަކަށް މަގުފަހިކޮށްދޭ ވެސް ބައްޔެކެވެ. އެގޮތުން ހެޕަޓައިޓިސް ޖެހި ގިނަ ދުވަސްވުމުން ފުރަމެޔަށް ކެންސަރު ޖެހޭގޮތް ވެއެވެ.  

ހެޕަޓައިޓިސް ބީ ޖެހުމަށް އާންމު ގޮތެއްގައި މެދުވެރިވާ ޖުމްލަ ހަތަރުގޮތެއް ވެއެވެ. އެއީ:

1. ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތޫނު އެއްޗެއް ނުވަތަ ސިރިންޖެއް ފަދަ އެއްޗެއް އެހެންމީހަކު ބޭނުންކުރުން

2. ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހަކާއެކު ރައްކާތެރި ނޫން ގޮތަކަށް ޖިންސީގުޅުން ހިންގުން

3. ހެޕަޓައިޓިސް ބީ ވައިރަސް ހުރި ލޭއެޅުން ނުވަތަ ލޭގެ ޒަރީޢާއިން

4. ހެޕަޓައިޓިސް ބީ ޖެހިފައިވާ މައިމީހާގެ ފުށުން ވިހެއުމުގެ ތެރޭގައި ކުޑަ ދަރިފުޅަށް ވައިރަސް ޖެހުން

ހެޕަޓައިޓިސް ބީ ޖެހުމުން ރައްކާތެރިވުމަށް އެންމެ ރަނގަޅުގޮތަކީ ވިހާތަނުން ތުއްތު ކުއްޖާއަށް އުފަންވާއިރު ދޭންޖެހޭ ހެޕަޓައިޓިސް ބީ ވެކްސިނުގެ ޑޯޒު ދިނުންކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލެވެ.

މިއީ އުފަންވާތާ 24 ގަޑިއިރު ތެރޭ ޖަހަންޖެހޭ ވެކްސިނެއްކަމާއި މިކަމަށް މައިންބަފައިން ސަމާލުވުމަށް ޑރ. ފައިސަލް އިލްތިމާސްކުރެއްވިއެވެ.

އަދި މި ވެކްސިން ފުރިހަމައަށް ދެވިއްޖެނަމަ ފުރަމޭގެ ކެންސަރާއި ރަހިމުގެދޮރާއި، ކަރުންމަތީގެ ކެންސަރުތަކަކުން ރައްކާތެރިކޮށްދޭކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ހެޕަޓައިޓިސް ޖެހެން ވަކި އުމުރެއް ނޯވެއެވެ. ވިހާތަނުން ތުއްތު ކުދިންނަށްވެސް މި ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ޅަފަތުގައި މި ވައިރަސް ޖހިއްޖެނަމަ ފުރަމޭ ހަލާކުވެ ކެންސަރުޖެހުމުގެ ފުރުސަތު މާބޮޑު ވެއެވެ. 

ރާއްޖޭގައި ހެޕަޓައިޓިސް ބީ ވެކްސިން ދޭން ފަށާފައިވަނީ މީގެ 25 ވަރަކަށް އަހަރު ކުރިންނެވެ. އެހެންކަމުން އުމުރުން 25 އަހަރަށްވުރެ ދޮށީ ބައެއް މީހުންނަށް މި ވެކްސިން ނުޖެހި ހުރެދާނެކަމަށް ޑރ. ފައިސަލް ވަނީ ލަފާކުރައްވާފަ އެވެ. އަދި ޑރ. ފައިސަލްވަނީ 25 އަށްވުރެ ދޮށީ މީހުން ވެކްސިން ނުޖަހާ ހުރިނަމަ  އުމުރުން އެއްފަހަރު ނަމަވެސް ހެޕަޓައިޓިސްއަށް ޓެސްޓް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2016 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގައި 27 މިލިޔަން މީހުންނަށް ހެޕަޓައިޓިސް ބީ ޖެހިފައި ވެއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ