އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/08/2020

90 މިނެޓުގެ ތެރޭގައި ކޮވިޑް-19 ގެ ނަތީޖާ ލިބޭ ޓެސްޓު ކިޓުތައް ބޭނުންކުރަން ޔޫކޭއިން ތައްޔާރުވެއްޖެ

މީގެ ތެރޭގައި 5.8 މިލިއަން ޑީއެންއޭ ޓެސްޓާއި 450،000 ސްވަބް ޓެސްޓު ހިމެނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/08/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އަށް ތަހުލީލުކޮށް 90 މިނެޓުގެ ތެރޭގައި ނަތީޖާ ލިބޭ ތަހުލީލު ކިޓުތަކެއް އިނގިރޭސިވިލާތުގެ ހަސްފަތާލުތަކާއި މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކާއި ލެބޯޓަރީތަކުގައި ބޭނުންކުރަން ތައްޔާރުވެއްޖެއެވެ.

މީގެ ތެރޭގައި 5.8 މިލިއަން ޑީއެންއޭ ޓެސްޓާއި 450،000 ސްވަބް ޓެސްޓު ހިމެނެއެވެ.

ގާތްގަނޑަކަށް ވަގުތުން ނަތީޖާ ލިބޭ މި ކިޓުތަކުގެ ސަބަބުން، ކޮވިޑާއި އެފަދަ އެހެން ބަލިތަކުގެ ފަރަގު ދެނަގަންނަން ސިއްހީ މާހިރުންނަށް ފަސޭހަ ވެގެންދާނެކަމަށް ޔޫކޭގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ތަހުލީލުތަކުން ކޯވިޑް-19ގެ އިތުރުން ޢާންމު ރޯގާވެސް ދެނެގަނެވޭނެކަމަށާއި ކުރިއަށްއޮތް ފިނި މޫސުމުގައި އޭގެ ބޭނުން ވަރަށް މުހިންމުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިޓެސްޓުތައް ކުރުމުގައި އުޅޭ ފަރާތްތައް އިތުރު ތަމްރީނަކާއި ނުލާ ޓެސްޓުތައް ކުރަން އެނގޭނެކަމަށް އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފައެވެ. 

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑަށް ޓެސްޓުކުރަން ބޭނުންކުރާ ގިނަ ކިޓުތަކުގެ ނަތީޖާ ލިބެން 24 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެ އެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރޭ އެއް ޤައުމަކީ އިނގިރޭސިވިލާތުގައެވެ. އެ ޤައުމުގައި މިހާތަނަށް 305،000 މީހުންނަށް ކޯވިޑް-19 ޖެހި، 46،000 މީހުންވަނީ މަރުވެފައެވެ. ބަލި ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވަނީ ބާރުބޮޑުވެފައެވެ.

އިނގިރޭސިވިލާތުގެ އަމާޒަކަށް މިހާރުވެފައިވަނީ ފިނި މޫސުން އައުމުގެ ކުރިން މުޖުތަމައުގައި ވައިރަސް ފެތުރޭ މިންވަރު މަދުކުރުމެވެ. މިލަނޑުދަނޑިއަށް ވާސިލްވުމަށްޓަކައި 5،000 މެޝިނާއެކު ޓެސްޓު ކުރާ މިންވަރު އިތުރުކުރެވޭނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ