އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/08/2020

މިއަދު 129 މީހުން ޕޮޒިޓިވްވިއިރު، ބަލިން ރަނގަޅުވީ 27 މީހުން

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިއަދު 129 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އަދި އޭގެ ތެރެއިން 93 މީހުންނަކީ ދިވެހީން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އޭގެ ތެރެއިން 93 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 23 މީހަކާއި އިންޑިއާގެ އަށް މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި އިންޑޮނޭޝިއާ މީހެކެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ ދެ ކޭސް އަކީ އޮތޮޅު ތެރެއިން ފެނުނު ކޭސް އެވެ. ބާކީ ހުރި ކޭސްތައް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ.

މި ބަލީގައި ބޭރު މީހުން ވެސް ހިމެނޭ ގޮތަށް ރާއްޖެ މިހާތަނަށް 18 މީހަކު މަރުވެފައި ވެއެވެ. އިއްޔެ ވެސް ކޮވިޑް ޖެހުނު މީހަކު މަރުވި އެވެ. އަދި މިއަދު ގެނބިގެން މަރުވި މީހަކުވެސް ފަހުން ޓެސްޓް ކުރި އިރު ޕޮޒިޓިވްވެފައި ވެއެވެ. 

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 4،293 އަށް އަރައިފައެވެ.

އެޗްޕީއޭއިން މިރޭ ހާމަކުރި ތަފާސްހިސާބުތަކުން ދައްކުވައިދޭގޮތުގައި މިއަދު އިތުރު 27 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2،670 އަށް އަރައިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ