އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 02/08/2020

އިތުރު 215 ކޭސް އާއެކު، ޕޮޒިޓިވްވި މީހުންގެ އަދަދު 4،000 އަށްވުރެ މައްޗަށް!

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 02/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން އަނެއްކާވެސް ރެކޯޑު އަދަދަކަށް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު މާލެއިން 215 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 149 ދިވެހިންނާއި، 54 ބަންގްލަދޭޝް މީހުންނާއި، 7 ދިވެހިންނާއި، 2 ލަންކާ މީހުންނާއި، ނޭޕާލު މީހެއްގެ އިތުރުން އިންޑޮނޭޝިޔާ މީހެކެވެ.

މިއަދު ޕޮޒިޓިވް 215 މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4،000 އަށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން މިރޭވެސް ވަނީ ދިވެއްސަކު މަރުވެފަ އެވެ. އެޗްޕީއޭ އިން ބުނީ، މިރޭ 8:57 ގައި މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 89 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި 18 ވަނަ މީހާއެވެ.

ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވެ މިހާތަނަށް ބަލިން ރަނގަޅުނުވެ ތިބި މީހުން ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު އިއްޔެ ރެކޯޑް މިންވަރަކަށް ވަނީ އަރާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ