އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 02/08/2020

ރާއްޖޭގައި ކޮވިޑުގެ އެކްޓިވް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް އުފުލިއްޖެ

އިއްޔެގެ ނިޔަލަށް ރާއްޖެއިން 3950 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ބަލިން ފަސޭހަ ނުވެ ނުވަތަ އެކްޓިވް ކޭސްތަކުގެ ގޮތުގައި 1305 މީހުން އެބަ ތިއްބެވެ. (ފޮޓޯ: އަވަސް)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 02/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެ މިހާތަނަށް ބަލިން ރަނގަޅުނުވެ ތިބި މީހުން ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު އިއްޔެ ރެކޯޑް މިންވަރަކަށް އަރައިފި އެވެ.
 
އިއްޔެގެ ނިޔަލަށް ރާއްޖެއިން 3950 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ބަލިން ފަސޭހަ ނުވެ ނުވަތަ އެކްޓިވް ކޭސްތަކުގެ ގޮތުގައި 1305 މީހުން އެބަ ތިއްބެވެ. އެއީ ބަލިން ރަނގަޅުވި މީހުންނާއި ބަލީގައި މަރުވި މީހުންނާއި ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާ ބިދޭސީން އުނިކުރުމުން އަންނަ އަދަދެވެ.
 
ރާއްޖޭގައި ބަލި ޖެހުނު ފަހުން މިހާތަނަށް 15 ބިދޭސީއަކު ފުރައިގެން ގޮސްފައިވެ އެވެ. ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި މި މީހުންނެއް ނުހިމަނަ އެވެ. ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 17 މީހަކު ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 2,613 އެވެ.
 
ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން މީގެ ކުރިން އެކްޓިވް ކޭސްތައް އެންމެ ގިނަވީ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ. އެގޮތުން އެދުވަހު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1213 އެވެ. ނަމަވެސް ޖުލައި މަހުގެ މެދެއްހާ ހިސާބަށް އައިއިރު، އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 800 އިން ތިރީގައެވެ.
 
މީގެ އިތުރުން އިއްޔެ އަކީ އެންމެ ގިނަ ދިވެހިން ވެސް ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ ޕޮޒިޓިވްވި 156 މީހުންގެ ތެރެއިން 134 މީހުންނަކީ ދިވެހިިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ