އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/07/2020

ފާއިތުވި 24 ގަޑިއިރުތެރޭ އިތުރު 61 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ކޮވިޑް-19އަށް 61 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 61 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. 44 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ 15 މީހަކާއި އިންޑިއާގެ ދެ މީހެކެވެ.

މިއާއެކު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 3567 އަށް އަރާފައެވެ. އަދި މި ވަގުތު ވައިރަހަށް ޕޮޒިޓިވްވެފައި ތިބި 983 މީހުން ރާއްޖޭގައި އެބަ ތިއްބެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިންފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އިއްޔެއަކީ ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، މިހާރު ޕޮޒިޓިވް މީހުން ތިބި ރަށްތަކުގެ ތެރޭގައި، ހއ. ކެލާއާއި، ރ. ދުވާފަރު، ރ. ހުޅުއްދުއްފާރު، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ހިތަދޫ، ސީ ސައިޑް ފިނޮޅު، ޅ. ކުރެންދޫ، ކ. މާފުށި، އއ. ތޮއްޑޫ، ޝެވެލްބޯލްކް ރަންދެލި، އަދި ސޮނެވާ ޖާނި ހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ