އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/07/2020

މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވީ 67 މީހުން

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ކޮވިޑް-19އަށް ރާއްޖެއިން 67 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 67 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. 43 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ 14 މީހަކާއި އިންޑިއާ ހަ މީހެއްގެ އިތުރުން އިންޑޮނޭޝިޔާގެ މީހަކާއި އެމެރިކާ މީހެކެވެ.

އެމެރިކާ މީހަކީ އިއްޔެ ރާއްޖެ އައި ފަތުރުވެރި އެކެވެ. މިއީ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވްވީ ފުރަތަމަ ފަތުުރުވެރިޔާ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމުކުރި މައުލޫމާތަށް ބަލާއިރު މިއަދު ޕޮޒިޓިވްވީ 67 މީހުންނާއެކު މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 3369 އަކަށް އަރާފަ އެވެ. މިއަދު ކޮވިޑުން ރަނގަޅުވެފައި ވަނީ 13 މީހުންނެވެ.

މިވަގުތު ފަރުވާގައި ތިބީ 792 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ