އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/07/2020

އޮކްސްފޯޑު ޔުނިވަރސިޓީއިން އުފެއްދި ކޮރޯނާވައިރަސް ވެކްސިން އަދި ވަރަށް ކާމިޔާބު

"މި ބަލިމަޑުކަމާ ދެކޮޅަށް މި ވެކްސިން މަސައްކަތް ކުރާނެކަން ކަށަވަރު ކުރަން"
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އާ ދެކޮޅަށް އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިން އިންސާނުންނަށް ރައްކާތެރި ކަމަށާއި، އެ ބަލިން ހަށިގަނޑު ރައްކާތެރިކުރުމަށް އިމިޔުނިޓީ ރެސްޕޮންސެއް ލިބިފައިވާ ކަމަށް ބުނެފި އެވެ.

ވެކްސިން ދިން 1،077 މީހުންގެ ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް ހަނގުރާމަ ކުރާ އެންޓިބޮޑީސް އާއި ޓީ-ސެލް އުފެދިފައިވާ ކަމަށް ޓްރަޔަލްތަކުން ވަނީ ދައްކައިފަ އެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް މިއީ ބަލިން ރައްކާތެރިވުމަށް އެންމެ ރަނގަޅު މިންވަރުކަމުގައި ބުނަން އަދި މާއަވަހެވެ. ފުޅާ ދާއިރާއެއްގައި ވެކްސިންގެ ޓްރަޔަލްތައް އަދިވެސް ދަނީ ކުރިއަށެވެ.

އެހެންނަމަވެސް އިނގިރޭސި ވިލާތުން ވަނީ މިވެކްސިންގެ 100 މިލިއަން ޑޯޒަށް އޯޑަރު ދީފަ އެވެ.

އޮކްސްފޯޑުގެ ވެކްސިން، ChAdOx1-nCoV-19 އުފައްދާފައި ވަނީ ވަރަށް ބާރު ސްޕީޑެއްގަ އެވެ. ވެކްސިން އުފައްދާފައި ވަނީ "ޖެނެޓިކަލީ އިންޖިނިއާޑް ވައިރަސް" އެއް ބޭނުންކޮށްގެންނެވެ. މިވައިރަސް އަށް ވަނީ ބަދަލުތަކެއް ގެނެސް އިންސާނުންނަށް އޭގެން ކުރާ ގެއްލުން ކުޑަކޮށްފައެވެ. ސައެންސްވެރިން އެކަންކޮށްފައި ވަނީ ސެލްތަކަށް ވަދެގަންނަ ވައިރަހުގެ "ސްޕައިކް ޕްރޮޓީން" ގެ ޖެނެޓިކް ކޯޑް ބަދަލުކޮށްގެންނެވެ.

ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގައި މިހާތަނަށް ސަމާލުކަން ދީފައި ވަނީ އެންޓިބޮޑީސް އަށެވެ. އެކަމަކު މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ އެއްބައެވެ. އެންޓިބޮޑީސް އަކީ ހަށިގަނޑުގައި ވައިރަސް ތަކާއި ދެކޮޅަށް މަސައްކަތް ކުރާ ޕްރޮޓީން އެކެވެ.

ދިފާއީ ނިޒާމުގެ އަނެއް ބަޔަކީ ޓީ-ސެލް އެވެ. އެއީ ވައިޓް ބްލަޑް ސެލްގެ ބާވަތެކެވެ. ޓީ-ސެލް ހަށިގަނޑުގައި ވައިރަހުގެ އަސަރުކޮށްފައިވާ ސެލްތައް ދެނެގަނެ އެވެ.

އޮކްސްފޯޑް އިން ތައްޔާރުކުރި ވެކްސިން ދޭތާ 14 ދުވަސް ފަހުން ޓީ-ސެލްސްގެ މިންވަރު ޕީކަށް އަރަ އެވެ. އަދި އެންޓިބޮޑީ މިންވަރު ޕީކަށް އަރަނީ 28 ދުވަސް ފަހުންނެވެ.

އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިން އިންސާނުންނަށް ރައްކާތެރިކަމަށް ދެއްކި ނަމަވެސް، 70 ޕަސަންޓް މީހުންގެ ކިބައިން ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ އަލާމާތްތައް (ސައިޑް އެފެކްޓްސް) ވަނީ ފެނިފަ އެވެ. ނަމަވެސް، އެކަންކަމުން ޕެރެސެޓަމޯލް ދީގެން އަރައިގަނެވޭނެކަމަށް ވެކްސިން އުފެއްދު ޓީމުން ވަނީ ބުނެފަ އެވެ.

"މި ބަލިމަޑުކަމާ ދެކޮޅަށް މި ވެކްސިން މަސައްކަތް ކުރާނެކަން ކަށަވަރު ކުރަން. އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ. ނަމަވެސް، ފުރަތަމަ ނަތީޖާތަކުން އުއްމީދު ވަރަށް ބޮޑު،" މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރި ޔުނިވަސިޓީ އޮފް އޮކްސްފޯޑްގެ ޕްރޮފެސާ އޮފް ވެކްސިނޮލޮޖީ ސާރާ ކެތެރީން ގިލްބާޓް ވިދާޅުވި އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ