އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/07/2020

44 ދިވެހިންނާއެކު، މިއަދުގެ ޖުމްލަ ކޭސްތަކުގެ އަދަދު 59އަށް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 59 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި، ތަފާސް ހިސާބުން މިއަދު ޕޮޒިޓިވްވި، 59 މީހުންގެ ތެރޭގައި 44 ދިވެއްސަކު ވަނީ ޕޮޒިޓިވްވެފައެވެ. ދެން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާ މީހެކެވެ.

މި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 3,103 އަށް އަރާފަ އެވެ.

އޭގެ ތެރެއިން 2،397 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ކޮންމެ ދުވަހަކު ބަލިން މީހުން ރަނގަޅުވި ނަމަވެސް، މިއަދު ރާއްޖެއިން އެއްވެސް މީހަކު ބަލިން ރަނގަޅުވެފައި ނުވެއެވެ.

ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ