އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/07/2020

ވިލިގިއްޔާއި ގަމުގައި ކޮވިޑް ފެސިލިޓީ ޤާއިމްކޮށްފި

ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ، ކޮވިޑް-19 އަށް ދުނިޔޭގައި ވެކްސިނެއް އުފެއްދުމުން، އެ ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އަށް ފަރުވާދިނުމަށް އަތޮޅުތަކުގެ ތެރޭގައި ގާއިމްކުރާ ފެސިލިޓީތަކުގެ ތެރެއިން ލ. ގަމާއި ގއ. ވިލިނގިލީ މެނޭޖްމަންޓް ފެސިލިޓީ ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

މި ދެ ފެސިލިޓީ ހުޅުވާފައި ވަނީ ރޭ ހެލްތު މިނިސްޓްރީން ބޭއްވި ވާޗުއަލް ރަސްމިއްޔާތެއްގަ އެވެ.

ކޮވިޑަށް ޓެސްޓުކޮށް ފަރުވާދެވޭގޮތަށް ގަމުގައި ހުޅުވި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ހުންނަނީ 47 އެނދެވެ. އެއީ އައިސީޔޫގެ 20 އެނދާއި އައިސޮލޭޝަނަށް 15 އެނދުގެ އިތުރުން ކަރަންޓީނު ކުރާ މީހުންނަށް ޚާއްސަ 12 އެނދެވެ.

އަދި ވިލިނގިލީގައި ރޭ ހުޅުވި ސެންޓަރުގައި 23 އައިސީޔޫ އެނދާއި ވެންޓިލޭޓަރުގައި ފަރުވާ ދެވޭނެ އިންތިޒަމު ވަނީ ހަމަޖއްސާފަ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ފަސް ސަރަހައްދެއްގައި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތަކެއް ގާއިމު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. މިއިން ކޮންމެ ފެސިލިޓީ އެއްގައި ވެސް މަދުވެގެން 20 އެނދުގެ އައިސީޔޫ އަކާއި 30 އައިސޮލޭޝަން އެނދު ހުންނާނެ އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން ހެލްތު ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ޓުއަރިޒަމް މިނިސްޓްރީ އާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ބައިވެރިވެ ވަޑައިގަތެވެ.

އަދި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ، ކޮވިޑް-19 އަށް ދުނިޔޭގައި ވެކްސިނެއް އުފެއްދުމުން، އެ ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން އެކަން އެގޮތަށް ކުރުމަށް މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ