އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 20/07/2020

އިތުރު 33 މީހެއް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 2،999 އަށް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 20/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު 721 ޓެސްޓު ކޮވިޑް-19އަށް ކުރެވުނުއިރު މީގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 33 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 33 މީހުންގެ ތެރޭގައި ހިމެނެނީ 23 ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހަކާއި އިންޑިއާ ހަތަރު މީހުން ކަމަށެވެ.

އެޗްޕީއޭ އިން ކޮންމެ ދުވަހަކު ވެސް އާންމު ކުރަމުންދާ ތަފާސް ހިސާބްތަކުން ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވަނީ، 721 ސާމްޕަލް ނަގާފައެވެ.

މިއަދު ބަލިން ރަނގަޅުވީ ހަތް މީހުންނެވެ. މިވަގުތު ފަރުވާ ކުރަމުންދަނީ 600 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 475 މީހުންނެވެ. ކަރަންޓީންގައި މިވަގުތު އެއްވެސް މީހެއް ނެތެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި އެ ވައިރަސް ޖެހިފައިވާ 2،999 މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ. އަދި 15 މީހަކު ވަނީ ވައިރަސް ޖެހީގެން މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ