އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 20/07/2020

ސަމާލުވޭ! ފާއިތުވި ތިން ހަފްތާއާއި އަޅާބަލާއިރު ވައިރަސް ފެތުރޭ ރޭޓު އިތުރުވެއްޖެ

މި މުއްދަތަކީ މިހާތަނަށް ހޮސްޕިޓަލްތަކުގައި އެންމެ ގިނަ މީހުން އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ދުވަސްވަރެވެ. (ފޮޓޯ: ސަން)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 20/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާއިތުވި ތިން ހަފްތާއާއި އަޅާބަލާއިރު ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ރޭޓް އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ޓްވީޓްކޮށްފައިވާ ހަފްތާ ޗާޓުން ދައްކާގޮތުގައި މި ޖުލައި މަހުގެ 8 ވަނަ ދުވަހުން 14 އާއި ހަމަޔަށް ފެނިފައިވާ ކޭސްތަކުގެ 90 އިންސައްތައަކީ ކުރީގެ ކްލަސްޓާރ ތަކާއި އެއްވެސް ވަރަކަށް ގުޅުމެއް ނެތް ކޭސްތަކެވެ.

އަދި މި މުއްދަތަކީ މިހާތަނަށް ހޮސްޕިޓަލްތަކުގައި އެންމެ ގިނަ މީހުން އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ދުވަސްވަރުކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މިހާރުގެ ތަފާސް ހިސާބުތަކުން ރާއްޖޭގައި ވައރަސް ފެތުރެމުންދާ ނިސްބަތުން ބޮޑު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ޖުލައި 8ން 14އަށް ވަނީ ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވާ މީހުން ނިސްބަތުން 17 އިންސައްތައަށް އުފުލިފައެވެ.

އެޗްޕީއޭއިން މިހެން ބުނެފައި މިވަނީ ފްލޫ ކްލިނިކްތައް ޑޮކްޓަރަށް ދައްކަންދާ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވަމުން ދާކަމަށް  ޑރ އަހުމަދު ޝަހީދު  ވިދާޅުވެފައި ވަނިކޮށެވެ.

ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީއީގައި ކުރިއަށްދިޔަ ނޫސްވެެރިންގެ ބައްދަލުވުމުގައި ޑރ އަހުމަދު ޝަހީދު ވިދާޅުވީ ފުލޫގެ ނިޝަންތަކެއް ހުރެގެން ފުލޫ ކްލިނިކަށް ދައްކައިގެން ޓެސްޓް ކުރާ ސާމްޕަލްތަކުގެ ތެރެއިން އާންމުކޮށް ޕޮޒިޓިވްވަނީ ފަސް ޕަސެންޓް ކަމަށެވެ. އެކަމަކު ނިމިދިޔަ ހަފްތާގައި އެ އަދަދު ނުވަ ޕަސެންޓަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވީ، މި އަދަދުތައް ދަށް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ފެންނަ ނަމަ ފްލޫ ކްލިނިކަށް ގޮސް ޓެސްޓް ކުރުމާއި، ކަރަންޓީންގައި ތިބޭ މީހުންވެސް ކަރަންޓީންގެ އުސޫލުތަކަށް ބޯލެނބުމުގެ މުހިއްމުކަން ޑރ ޝަހީދު ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން، ކޮންމެހެން ޒަރޫރީ ބޭނުމެއްގައި މެނުވީ މާލެއިން ރަށްރަށަށް ދަތުރު ނުކުރުމަށްވެސް ޑރ ޝަހީދު އިލްތިމާސް ކުރެއްވިއެވެ.

ރާއްޖެއިން ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއެކު މާލޭ ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފަ އެވެ. އަދި ރަށްތަކުންވެސް ޕޮޒިޓިވްވާ ކޭސްތައް ވަނީ އިތުރުވާން ފަށާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ