އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/07/2020

ލޮކްޑައުން އަށް ލުއި ދޭން 67 ޕަސެންޓު މީހުން ތާއީދު ކުރި

އަދި ވަކި އުސޫލުތަކަކާ އެކު ލޮކްޑައުން އެއްކޮށް އުވައިލާން 15 ޕަސެންޓު މީހުން ބޭނުންވާއިރު ލޮކްޑައުންގައި ބޭއްވުމަށް ތާއީދު ކުރީ 33 ޕަސެންޓު މީހުންނެވެ. (ފޮޓޯ: ސަން)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެތެރެއަށް ކޮވިޑް-19 ފެތުރުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި ތިން މަހެއްހާ ދުވަހަށް އިއުލާން ކުރި ލޮކްޑައުން އަށް ލުއިދިނުމަށް 67 ޕަސެންޓު މީހުން ބޭނުންވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

"ސްޓަޑީ އޮފް ސޯޝިއޯ އިކޮނޮމިކް އެސްޕެކްޓްސް އޮފް ކޮވިޑް-19 އިން މޯލްޑިވްސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ދިރާސާގައި 2517 މީހުން ބައިވެރިވި އިރު، މި ދިރާސާ އިން ދައްކާ ގޮތުގައި 67 ޕަސެންޓް މީހުން ވަނީ ލޮކްޑައުނަށް ލުއިތައް ދޭން ތާއީދުކޮށްފައެވެ.

މީގެތެރެއިން 50 ޕަސެންޓް މީހުން ބޭނުންވީ މަރުހަލާތަކަކަށް ބަހާލައިގެން ގައިޑްލައިންތަކާއެކު ލޮކްޑައުނަށް ލުއި ދިނުމަށެވެ.

އަދި ވަކި އުސޫލުތަކަކާ އެކު ލޮކްޑައުން އެއްކޮށް އުވައިލާން 15 ޕަސެންޓު މީހުން ބޭނުންވާއިރު ލޮކްޑައުންގައި ބޭއްވުމަށް ތާއީދު ކުރީ 33 ޕަސެންޓު މީހުންނެވެ.

މި ދިރާސާގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކު ވަނީ ކޮވިޑް-19 އަށް ޓެސްޓު ކޮށްފަ އެވެ. އޭގެ ތެރެއިން ތިން ޕަސެންޓު މީހުންނަށް ބަލި ޖެހިފައިވާއިރު، 85 ޕަސެންޓު މީހުންގެ ނަތީޖާ ނެގެޓިވް އެވެ. އަދި 12 ޕަސެންޓު މީހުންގެ ނަތީޖާތައް އަދި ނުލިބެ އެވެ.


މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުނަށް ލުއިތައް ދޭން ފެށުމާއެކު އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ