އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 17/07/2020

ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14އަށް ދަށްވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 17/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 14 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 623 ޓެސްޓެއް ކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވީ 14 ސާމްޕަލެވެ. ގިނައީ ދިވެހިންނެވެ. 14 މީހުންގެ ތެރެއިން 10 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ ތިން މީހުންނާއި އިންޑިއާ މީހެކެވެ.

މިއަދު 14 މީހަކު ޕޮޒިޓިވްވެފައިވާއިރު އިއްޔެ ޕޮޒިޓިވްވެފައިވަނީ 68 މީހުންނެވެ. އޭގެތެރޭގައިވެސް ގިނައީ ދިވެހިންނެވެ. އަދި މިއަދު ޕޮޒިޓިވްވީ 14 މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,913 އަށް އަރާފައެވެ.

ކޮވިޑަށް މިހާތަނަށް 65،799 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ. އަދި މިހާތަނަށް ކޮވިޑް ޖެހިގެން 15 މީހަކު ރާއްޖެއިން ވަނީ މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ