އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/07/2020

މިއަދުގެ ޕޮޒިޓިވް އަދަދަކީ 30، ރަނގަޅުވީ 19 މީހުން

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 30 މީހުން ކަމަށާ 19 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މިހުންގެ ތެރޭގައި ހިމެނެނީ 29 ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ.

މިދިޔަ 24 ގަޑިއިރުތެރޭގައި ޖުމްލަ 948 މީހަކު ވަނީ ކޮވިޑް-19އަށް ޓެސްޓް ކޮށްފައެވެ. އަދި މިއަދު ޕޮޒިޓިވްވި 30 މީހުންނާއެކު ޖުމްލަ އަދަދު ވަނީ  2,831އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 19 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،321 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 482 މީހުންނެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ރިޕީޓެޑް ސާމްޕަލްސްވެސް ހިމެނޭ ގޮތުން މިހާތަނަށް ރާއްޖޭގައި 64،239 ސާމްޕަލްއެއް ނަގާފައި ވެއެވެ.

ކޮވިޑް19 ބަލީގައި ރާއްޖެއިން މަރުވީ 14 މީހުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ