އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/07/2020

މިއަދު 39 މީހުން ބައްޔަށް ޕޮޒިޓިވްވިއިރު، މަރުވި މީހުންގެ އަދަދު 14އަށް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 39 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 948 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާއި ޕޮޒިޓިވްވީ 39 މީހުން ކަމަށެވެ. މިއަދުވެސް ގިނައީ ދިވެހިންނެވެ. އެއީ 27 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތް މީހުންނާއި އިންޑިއާ ފަސް މީހެކެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި މިއީ އިއްޔެގެ 18:00ން މިއަދުގެ 18:00 އަށް ޕޮޒިޓިވްވި މީހުންގެ އަދަދެވެ. މިއާއިއެކު ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 2،801 އަށް އަރައިފަ އެވެ.

މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 12 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،302 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 470 މީހުންނެވެ.

މިއަދުވެސް ވަނީ ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެފައެވެ. އެގޮތުން މިއަދު މަރުވެފައިވަނީ 79 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 14އަށް އަރާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ