އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/07/2020

މިއަދު 31 މީހުން ޕޮޒިޓިވްވިއިރު، ހަ މީހުން ބަލިން ރަނގަޅުވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 31 މީހުން ކަމަށާ ހަ މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި އަށް ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާ އެކަކު ކަމަށެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވީ އިއްޔެ އެވެ. އެއީ 67 މީހުންނެވެ. އަދި ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ވައިރަސް އަށް ގިނަ އަދަދެއްގެ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ވަނީ 271 ޕޮޒިޓިވް ކޭސް ފެނިފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,762 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ ހަ މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،290 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 444 މީހުންނެވެ.

ރޭގެ 18:00 އިން ފެށިގެން މިއަދު 18:00 އާ ހަމައަށް 31 މީހަކު ވައިރަސް އަށް ޕޮޒިޓިވްވި އިރު އެ ވައިރަސް އިން ރަނގަޅުވެފައިވަަނީ ހަ މީހަކު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ