އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/07/2020

ފާއިތުވި 24 ގަޑިއިރުތެރޭގައި 47 މީހުން ޕޮޒިޓިވް، ގިނައީ ދިވެހިން

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާއިތުވި 24 ގަޑިއިރުގެތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 47 މީހުން ކަމަށާ 30 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މިހުންގެ ތެރެއިން 43 މީހުންނަކީ ދިވެހީންނެވެ. ބާކީ ތިބި މީހުންގެ ތެރެއިން ތިން މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އަދި އޭގެ އިތުރުން އިންޑިޔާ މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވީ އިއްޔެ އެވެ. ދެން މިއަދެވެ.

މިއަދު ޕޮޒިޓިވްވި 47 މީހުންނާއިއެކު މިހާތަނަށް ދިވެހިރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2،664 އަށް އަރައިފަ އެވެ.

މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 30 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،263 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 368 މީހުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ