އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/07/2020

ފްރަންޓްލައިންގައި އުޅޭ ފަރާތްތަކާއި، ދިރިއުޅޭ ގޭބިސީ އަދި ޑެލިވަރީ ކުރާމީހުންގެ އެންޓިބޮޑީ ޓެސްޓު އޭޑީކޭއިން ހިލޭ ހަދައިދޭން ނިންމައިފި

އޭޑީކޭ އިން ނެފައިވަނީ މިފަދަ ފަރާތްތަކުން އެންޓިބޮޑީ ޓެސްޓު ހަދައިދިނުމަށް އެދެމުން ދާކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި ކޮވިޑް-19އާއި ދެކޮޅަށް އިސްސަފުގައި މަސައްކަތްކުރާ ފަރާތްތަކާއި، އަދި އެމީހުން ދިރިއުޅޭ ގޭބިސީގައި އުޅޭ މީހުންގެ އިތުރުން ޑެލިވަރީގެ ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ އެންޓިބޮޑީ ޓެސްޓް އޭޑީކޭގެ ފަރާތުން ހިލޭ ހަދައިދޭން ނިންމައިފި އެވެ.

އެންޓިބޮޑީސް ޓެސްޓު ހެދުމުގެ މި ހަރަކާތުގައި ޖުމްލަ 3000 ޓެސްޓު ހިލޭ ހަދައިދިނުމަށް ނިންމާފައިވާކަމަށް އޭޑީކޭއިން ވަނީ ބުނެފަ އެވެ. އަދި މި ޓެސްޓުތައް އެ ހޮސްޕިޓަލުން ހަދަން ނިންމާފައިވަނީ ރޯޗް ކޯބާސް އެލެކްސިސް E411 އިމިއުނޯ އެނަލައިޒަރ ބޭނުންކޮށްގެންނެވެ.

އޭޑީކޭއިން ބުނީ މި ޓެސްޓު ހެދުމަށް މަސައްކަތުގައި ބޭނުންކުރާނެ އުސޫލުތައް ކަނޑައަޅައި، ކަމަށް އެކުލަވައިލާ ތާވަލެއްގެ ދަށުން ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އަންނަ ހަފްތާގައި ޓެސްޓުކުރަން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އޭޑީކޭ އިން ނެރުނު ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ފަރާތްތަކުން އެންޓިބޮޑީ ޓެސްޓު ހަދައިދިނުމަށް އެދެމުން ދާކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި މިފަރާތްތައް ބައްޔަށް ހުށަހެޅިފައިވުމަކީ ވަރަށް ކައިރީގައި އޮތް ކަމެއް ކަމުގައި ވެސް އޭޑީކޭ އިން ބުންޏެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ