އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/07/2020

މިއަދު ރަނގަޅުވީ 45 މީހުން، ޕޮޒިޓިވްވީ އެންމެ 10 މީހުން

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިތުރު 10 މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 695 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާ ޕޮޒިޓިވްވީ 10 މީހުން ކަމަށެވެ. އެއީ ހަތް ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 2501 އަށް އަރާފަ އެވެ. އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 326 އެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ 12 އެވެ.

ކޮވިޑަށް 57،611 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 12 މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވީ އިއްޔެއެވެ. އިއްޔެ ފަތިހުގެ ވަގުތެއްގައި މަރުވެފައިވަނީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 80 އަހަރުގެ ފިރިހެނެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ