އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 06/07/2020

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައުޓްރީޗު ޕްރޮގުރާމްތައް ކާމިޔާބުކަމާއެކު ނިންމާލައިފި

ޖޫން 13 އިން 30 އަށް ކުރިއަށްދިޔަ މި އައުޓްރީޗް ޕްރޮގްރާމްގައި ހދ. އަތޮޅުގެ ޖުމްލަ 12 ރަށަކަށް އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއެކު އިތުރު ސްޕެޝަލިސްޓަކުވެސް ވަނީ ދަތުރުކޮށްފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 06/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް ) އިން އިސްނަގައިގެން ހދ. އަތޮޅުގެ ރަށްތަކަށް ކުރިއަށް ގެންދިޔަ ސްކޭން އަދި ގައިނީ އައުޓްރީޗް ޕްރޮގްރާމްތައް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ކޭއާރުއެޗުން މި އައުޓްރީޗު ޕްރޮގްރާމްކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރުގައި ދަތިކަން ހުރުމާއި ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމުގެ ގޮތުންނެވެ. އަދި މި ޕްރޮގްރާމަށް ރައްޔިތުންގެ އަދި ހެލްތު ސެންޓަރުތަކުގެ ބޮޑު އެއްބާރުލުމާއި ތަރުހީބު ލިބުނުކަމަށް ކޭއާރުއެޗުން ބުނެއެވެ

18 ދުވަހުގެ ނިޔަލަށް ހިންގި މި އައުޓްރީޗް ޕްރޮގްރާމްގައި ޖުމްލަ 429 މިހުންވަނީ ބަލާފައެވެ. އޭގެތެރޭގައި  އަންހެނުންގެ ޑޮކްޓަރަށް 202 މީހުން، އެތެރެހަށީގެ ޑޮކްޓަރު 166 މީހުން އަދި ކުޑަކުދިންގެ ޑޮކްޓަރު 41 ކުދިން، ހަމުގެ ޑޮކްޓަރު 14 މީހުން އަދި ނަފްސާނީ ޑޮކްޓަރު 6 މީހުން ބަލާފައިވެއެވެ.

ކޭއާރުއެޗުގެ މެނޭޖަރ ހެލްތު ސަރވިސަސް އަހުމަދު ދާއޫދު ވިދާޅުވީ އެހޮސްޕިޓަލުގައި ގިނަ ސްޕެޝަލިސްޓުން ތިބުމާއެކު، ހޮސްޕިޓަލުގެ ފަރާތުން މީގެކުރިންވެސް ވަރަށް ގިނައިން އައުޓްރީޗު ޕްރޮގުރާމްތައް ކުރިއަށް ގެންދާ ކަމަށެވެ.

"ކޭއާރުއެޗުގައި ގިނަ ސްޕެޝަލިސްޓުން ތިބުމާއެކު ވަރަށް ގިނައިން އައުޓްރީޗު ޕްރޮގުރާމްތައް ކުރިއަށް ގެންދަން. ކޮވިޑްގެ ހާލަތާ ގުޅިގެން ދަތުރުފަުތުރަށް ބޮޑެތި ގޮންޖެހުންތަކެއް އައުމާއި ޑޮކްޓަރަށް ދެއްކުމުގައި ހުރި ދަތިކަމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ވަރަށް ގިނަ ރަށްރަށަށް އައުޓްރީޗު ޕްރޮގުރާމުގެ ދަތުރުތައް އެޅުނު. އެންމެ ފާހަގަ މި ކޮށްލެވެނީ މާބަނޑު މީހުންނަށް އަމާޒު ކޮށްގެން ހިންގުނު ސްކޭން އަދި ގައިނީ އައުޓްރީޗު ޕްރޮގުރާމްތައް. ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު" ދާއޫދު ވިދާޅުވެފައި ވެއެވެ.

ޖޫން 13 އިން 30 އަށް ކުރިއަށްދިޔަ މި އައުޓްރީޗް ޕްރޮގްރާމްގައި ހދ. އަތޮޅުގެ ޖުމްލަ 12 ރަށަކަށް އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއެކު އިތުރު ސްޕެޝަލިސްޓަކުވެސް ވަނީ ދަތުރުކޮށްފަ އެވެ.

އަދި ސްޕެޝަލިސްޓުން ފޮނުވުމުގައި ބޮޑަށް ބަލާފައިވާނީ ރައްޔިތުންގެ ރިކުއެސްޓަށް ކަމަށް ކޭއާރުއެޗުން ވަނީ ބުނެފަ އެވެ. އަދި އެޕޮއިންޓްމަންޓް ދޫކުރުމުގައި އެ ރަށެއްގައި މާބަނޑު މީހުން ރެޖިސްޓަރ ވެފައި ތިބި ނިސްބަތަށް ބެލިފައި ވާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެއިތުރުން ޖޫން މަހުގެ 8 އިން 18 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ގެންދާ އައުޓްރީޗް ޕްރޮގްރާމްގައި ކޭއާރުއެޗުގެ  ރޭޑިއޮލޮޖިސްޓް  ޑރ.  ޔޫސުފް ވަނީ ކ، އ.އ އަދި އ.ދ ގެ  ރަށްތަކުގައި ހިދުމަތް ދީފައެވެ.

އަދި ށަވިޔަނި އަތޮޅުގައި މިހާރު ކުރިއަށްދާ އައުޓްރީޗް ޕްރޮގްރާމްގައި ކޭއާރުއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު ނަޒީފު ދަނީ ށަވިޔަނި އަތޮޅު ހޮސްޕިޓަލުގައި ހިދުމަތް ދެމުންނެވެ. މިޕްރޮގްރާމް ނިމުމަށް ހަމަޖެހިފައިވަނީ ޖުލައި 10 ގައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ