އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/07/2020

މިއަދު 33 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ރާއްޖެއިން އިތުރު 33 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، 19 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއީ ލޮކްޑައުންއަށް ލުއިދިންފަހުން އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.

މިއަދު އަލަށް ފެނުނު ކޭސްތަކުގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 18 މީހުންގެ އިތުރުން އިންޑިއާގެ ތިން މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,468 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 19 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،049 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 404 މީހުންނެވެ.

ރޭގައި އިތުރު މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. މި މީހާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 11އަށް އަރާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ