އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/07/2020

މިއަދު 25 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވިއިރު، 54 މީހުން ރަނގަޅުވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/07/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް 19 އަށް ރާއްޖެއިން މިއަދު 25 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު ރައްޔިތުންނާއި އިންޑިއާ އަދި ނޭޕާލްގެ އެކަކެވެ.

މިއަދު އިތުރު 54 މީހަކު ވެސް ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 2030 މީހަކު މިވަނީ ބަލިން ރަނގަޅުވެފަ އެވެ

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އައިޖީއެމްއެޗްގައި ކެންސަރު ބަލީގައި މަރުވި އިންޑޮނޭޝީއާގެ މީހާގެ ކޮންޓެކްޓް ޓްރޭސިން އިން ދެނެގަނެވުނު މީހުން ހިމެނެއެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެވައި ވީނަމަވެސް އެޗްޕީއޭ އިން ނިންމާފައިވަނީ، އޭނާ މަރުވި ސަބަބަކީ ކެންސަރު ބަލި ކަމަށެވެ. އަދި އެއީ ކޮވިޑާ ގުޅުމެއް ނެތް މަރެއްގެ ގޮތުގައި ވަނީ ނިންމާފަ އެވެ.

އައިޖީއެމްޗް އިން ބުނާ ގޮތުގައި، އެ ކޭސްއާ ގުޅިގެން މިހާތަނަށް 11 މީހަކު އެ ހޮސްޕިޓަލުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ