އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 30/06/2020

މިއަދު 24 މީހުން ޕޮޒިޓިވްވިއިރު، މަރުވި މީހުންގެ އަދަދު ނުވަޔަކަށް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 30/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 24 މީހެކެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިއްޔެ 18:00 ން މިރޭގެ 18:00 އާއި ހަމަޔަށް އިތުރު 24 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. މިއާއެކު ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 2،361 ގަ އެވެ.

މި 24 މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި ބަންގަލްދޭޝްގެ ހަތް މީހުންނާއި އިންޑިއާ ހަ މީހެކެވެ.

މީގެއިތުރުން މިއަދު ވަނީ މި ބަލީގައި އިތުރު މީހަކު މަރުވެފައެވެ. މި މީހާ އާއެކު މިހާތަނަށް މަރުވި މީހުންގެ އަދަދަކީ ނުވަޔެކެވެ.

މިއަދު ނިޔާވީ ފިލިޕީންސްގެ ރައްޔިތެވެ. އުމުރުން 43 އަހަރުގެ ފިލިޕީންސް މީހާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލިގެ ޑީއެޗް11 ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެވެމުން ދަނިކޮށް މިއަދު 1:50 ހާ އިރުއެވެ. އެ މީހާއަކީ ރާއްޖެއިން ކޮވިޑް ޖެހުނު ހަމަ އެކަނި ފިލިޕީންސްގެ ރައްޔިތެވެ.

ކޮވިޑް ބަލިން މިއަދު ރަނގަޅުވީ 17 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1،944 އަރާފައެވެ. މިވަގުތު ފަރުވާގައި ތިބީ 403 މީހުންނެވެ.

ފާއިތުވެދިޔަ ހަފްތާއަށް ބަލާލާއިރު އެންމެ މަދުން ކޭސް ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހު ފެނިފައިވަނީ ޕޮޒިޓިވް ހަ ކޭސް އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ