އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/06/2020

ދުނިޔޭގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން މަރުވި މީހުންގެ އަދަދު ފަސްލައްކައަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10 މިލިޔަނަށް އަރާ، ބަލީގެ ސަބަބުން މަރުވި މީހުންގެ އަދަދު 5 ލައްކަ އަށް އަރައިފިއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔެއިން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި 10 މިލިޔަން މީހުންގެ ތެރެއިން ފަސްލައްކަ މީހުން މަރުވެފައިވާކަމަށް ބައިނަލްއަޤްވާމީ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކޮރޯނާވައިރަހުގެ ބައިނަލްއަޤްވާމީ އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަދުގެ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ 10،162،062 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި މިވައިރަހުގައި މަރުވި މީހުންގެ އަދަދު ވަނީ 502،601އަށް އަރާފައެވެ.

މިހާތަނަށް ދުނިޔެއިން ކޮރޯނާވައިރަސް ޖެހިގެން އެންމެ ގިނަމީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ. އެއީ 125،000 މީހުންނެވެ. އެމެރިކާއަށްފަހު ބްރެޒިލުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 57،000އަށް އަރާފަ އެވެ.

ހުސްވި އާދިއްތަ ދުވަހު ދުނިޔޭގެ އެކިކަންކޮޅުތަކުން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10 މިލިޔަނަށް އަރާފައިވާއިރު، މިހާތަނަށް ޔަގީންނުވާ ކޭސްތަކާއެކު މިއަދަދު އެތައް ގުނައެއް އިތުރުވާނޭކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.  

އެގޮތުން މި ހަފްތާ ތެރޭގައި އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ)އިން ވަނީ މިހާރު ދުނިޔެއިން ވައިރަހަށް ޕޮޒިޓިވް ކޮންމެ ކޭސް އަކަށް އިތުރު 10 ކޭސް ޕޮޒިޓިވްވެފައިވާނޭކަމަށް ލަފާކުރެވޭކަމަށް ބުނެފަ އެވެ. މީގެ މާނައަކީ އެމެރިކާއިން އެކަނިވެސް 20 މިލިޔަން މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާނޭކަމަށް ލަފާކުރެވެއެވެ.

އެމެރިކާއިން ދާދިފަހުން ޕޮޒިޓިވް ރޭޓު ދަށްވި ނަމަވެސް އަނެއްކާވެސް ވަނީ ޕޮޒިޓިވް ރޭޓް މައްޗަށް ގޮސްފައެވެ. އެގޮތުން އޭޕްރީލް މަހުގެ ފަހުކޮޅުވެސް އެމެރިކާއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 36،000އަށްވުރެ މައްޗަށް ގޮސްފައެވެ.

މިހާތަނަށް ދުނިޔެއިން ވައިރަހަށް ޕޮޒިޓިވްވި 10 މިލިޔަން މީހުންގެ ތެރެއިން ފަސްމިލިޔަނަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ