އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/06/2020

މިއަދު 22 މީހުން ޕޮޒިޓިވްވިއިރު، ބަލިން ރަނގަޅުވީ 12 މީހުން

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

 ރާއްޖެއިން އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 12 މީހަކު ބަލިން ވަނީ ރަނގަޅުވެފަ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 850 ޓެސްޓެއް ކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވީ 22 ސާމްޕަލެވެ. 22 މީހުންގެ ތެރެއިން 14 މީހުންނަކީ ބަންގަލްދޭޝް މީހުންނެވެ. ދެން ހިމެނެނީ ހަތަރު ދިވެހިންނާއި ލަންކާ ހަތަރު މީހުންނެވެ.

އޭގެ ތެރެއިން 13 މީހުންނަކީ މީގެ ކުރިން ޕޮޒިޓިވްވެފައިވާ ކްލާސްޓަރ ތަކާ ގުޅުން ހުރި މީހުން ކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި އެވެ.

ކޮވިޑް ބަލިން މިއަދު ރަނގަޅުވީ 12 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1،875 އަރާފައެވެ.

ރާއްޖެއިން 2،305 މީހަކަށް ކޮވިޑް ޖެހިފައިވާއިރު މިހާރު ފަރުވާ ދެމުން އަންނަނީ 417 މީހުނަށެވެ. އޭގެ ތެރެއިން ތިން މީހަކު ޓްރީ ޓޮޕްގައި ފަރުވާދެމުން އަންނައިރު އެ ތިން މީހުން ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ