އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/06/2020

ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ލަފާކުރި ވަރަށްވުރެ 10 ގުނަ އިތުރު – ސީޑީސީ

ވައިރަސްގެ އަމާޒު މިހާރު ބޮޑަށް އޮތީ އުމުރުން ހަގު މީހުންނަށް ކަމަށްވެސް ސީޑީސީގެ ޑިރެކްޓަރ ރޮބަރޓް ރެޑްފީލްޑް ވަނީ ވިދާޅުވެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެމެރިކާގައި ކޮރޯނާވައިރަސް ޖެހޭނެކަމަށް ލަފާކުރި މީހުންގެ އަދަދަށްވުރެ 10 ގުނަ އިތުރުމީހުންނަށް ވައިރަސް ޖެހިފައިވާކަމަށް އެޤައުމުގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނެފި އެވެ.

ސީޑީސީގެ ޑިރެކްޓަރ ރޮބަރޓް ރެޑްފީލްޑް ހުސްވި ބުރާސްފަތި ދުވަހު ވިދާޅުވީ އެޤައުމުން މީގެކުރިން ޕޮޒިޓިވްވާނޭކަމަށް ލަފާކުރި ކޮންމެ އެކަކަށް ދިހަ މީހުން މިހާރު ޕޮޒޓިވްވެފައި ވާކަމަށެވެ.

އޮފިޝަލުން މިހާތަނަށް ވަނީ އެމެރިކާއިން 2.5 މިލިޔަން ކޭސް ފެނިފައިވާ ކަމަށް ބުނެފަ އެވެ. އަދި ސީޑީސީގެ ތަފާސް ހިސާބުން ދައްކާގޮތުގައި އެމެރިކާގެ 20 މިލިޔަން މީހުންނަށް އެނގި އަދި ނޭނގި ނަމަވެސް މި ވައިރަސް ވަނީ ޖެހިފަ އެވެ.

ރެޑްފީލްޑް ވިދާޅުވިގޮތުގައި އެމެރިކާގެ އާބާދީގެ 5-8 އިންސައްތަ މީހުންނަށް ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

އެމެރިކާގައި އާންމުގޮތެއްގައި ކޮރޯނާވައިރަހަށް ޓެސްޓުކުރަނީ ވައިރަހުގެއަލާމާތެއް ހަށިގަނޑުން ފެނުމުންނެވެ. އެހެންކަމުން އަލާމާތްތައް ނުފެނި ވައިރަސްގެ އަސަރު ހަށިގަނޑުގައި ހުރި މީހުން އެޤައުމުގައި އުޅޭނެކަމަށް ރެޑްފީލް ވަނީ ވިދާޅުވެފަ އެވެ.

ހަމައެހެންމެ ވައިރަސްގެ އަމާޒު މިހާރު ބޮޑަށް އޮތީ އުމުރުން ހަގު މީހުންނަށް ކަމަށްވެސް ރެޑްފީލްޑް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާއިން މިހާތަނަށް ވަނީ 2,572,555 މީހުން ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 127,803 އަށް އަރާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ