އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/06/2020

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ 17 މީހުން، ބަލިން ރަނގަޅުވީ 9 މީހުން

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ކޮވިޑް-19 އަށް އިތުރު 17 މީހަކު ޕޮޒިޓިވްވީއިރު އިތުރު 9 މީހަކު އެ ބަލިން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު ކުރި ޓެސްޓްތަކުން ޕޮޒިޓިވްވީ 17 ސާމްޕަލް ކަމަށެވެ. އެއީ ހަތް ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހުންނެވެ.

މިއާއިއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 2،277 އަށް އަރައިފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ ނުވަ މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 1،848 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 416 މީހުންނެވެ.

ސިއްހީ ކަމާއިބެހޭ ފަރާތްތަކުން ވަނީ މި ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން މިހާތަނަށް 46،182 ސާމްޕަލް ނަގައިފަ އެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ނެގިފައިވާ ސާމްޕަލްވެސް ހިމެނެ އެވެ.

ކޮވިޑް-19 ގައި މިހާތަނަށް ރާއްޖެއިން ވަނީ އަށް މީހަކު ނިޔާވެފަ އެވެ. މިގެ ތެރޭގައި އުމުރުން ދުވަސްވީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު ރައްޔިތުން ހިމެނެ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ