އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 24/06/2020

މިއަދު 22 މީހުން ޕޮޒިޓިވްވިއިރު، 10 މީހުން ބަލިން ރަނގަޅުވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 24/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް 22 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވަނީ ބުނެފަ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު ކުރި ޓެސްޓްތަކުން ޕޮޒިޓިވްވީ 22 ސާމްޕަލް ކަމަށެވެ. އެއީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހުން އަދި އިންޑިއާ މީހެކެވެ.

މިއާއިއެކު ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު މި ވަނީ 2،260 އަށް އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 1،839 އަށް އަރައިފަ އެވެ.

އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު ބައްޔަށް ފަރުވާ ދެވެމުންދަނީ 408 މީހަކަށެވެ.

ކޮވިޑަށް 45،185 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.

މި ވަގުތު ކޮވިޑް އައިސޮލޭޝަންގައި ތިބީ 314 މީހުންނެވެ. ކަރަންޓީންގައި ތިބީ 139 މީހުނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ