އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/06/2020

21 މީހުން ޕޮޒިޓިވްވިއިރު، 16 މީހުން ބަލިން ރަނގަޅުވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 21 މީހުން ކަމަށާ 16 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިރޭ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2،238 އަށް އަރައިފަ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 1168 ޓެސްޓެއް ކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވީ 21 ސާމްޕަލެވެ. ގިނައީ ދިވެހިންނެވެ. 21 މީހުންގެ ތެރެއިން 12 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ ހަތް މީހަކާއި އިންޑިއާ މީހެގެ އިތުރުން ނޭޕަލް މީހެކެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ބައްޔަށް ފަރުވާ ދެވެމުން ދަނީ 396 މީހަކަށެވެ. ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 140 މީހަކު ތިބި އިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 318 މީހަކުު އެބަ ތިއްބެވެ.

ކޮވިޑަށް 43،998 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ