އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/06/2020

ސައުތުކޮރެއާއިން ކޮރޯނާވައިރަހުގެ ދެވަނަ ރާޅެއްގެ އިންޒާރާއެކު ބިރުވެރިކަން

ސައުތުކޮރެއާގެ ސިއްހީ މާހިރުން ބުނިގޮތުގައި އެޤައުމަށް މިހާރު ކުރިމަތިވެފައިވަނީ ކޮރޯނާވައިރަހުގެ ދެވަނަ ރާޅެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19އިން އަރައިގަނެވުނު ޤައުމުތަކުގެ ތެރޭގައި ސައުތުކޮރެއާވެސް ހިމެނެއެވެ. އެހެންނަމަވެސް ސުމަކަށް ވެއްޓުނު އެޤައުމަށް ދެވަނަ ރާޅެއްގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދީފައެވެ.

ސައުތުކޮރެއާގެ ސިއްހީ މާހިރުން ބުނިގޮތުގައި އެޤައުމަށް މިހާރު ކުރިމަތިވެފައިވަނީ ކޮރޯނާވައިރަހުގެ ދެވަނަ ރާޅެވެ. އެޤައުމުން މިހެން ބުނެފައިމިވަނީ ލޮކްޑައުންއަށް ފަރުވާކުޑަކޮށް ލުއިތައް ދީފިނަމަ ދެވަނަ ރާޅެއް އަރާފާނެކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފައިވަނިކޮށެވެ.

ކޮރެއާ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް (ކޭސީޑީސީ)ގެ ހެޑް ޖަންގް އުން ޔަންގް ބުނިގޮތުގައި އެޤައުމުގައި ކޮރޯނާވައިރަހުގެ ފުރަތަމަ ރާޅު ދިގުދެމިގެން ގޮސްފައިވަނީ އޭޕްރީލް މަހުގެ ނިޔަލަށެވެ.

އަދި ދެ ރާޅުގެ ދެމެދުގައި އެޤައުމުގެ ޕޮޒިޓިވް ރޭޓުވަނީ ޖެހިޖެހިގެން ތިންދުވަސް ވަންދެން ސުމެއްގައި ހިފަހައްޓާލާފަ އެވެ.

އޮފިޝަލުން ބުނާގޮތުގައި ފާއިތުވި 24 ގަޑިއިރުގެތެރޭގައި ސައުތުކޮރެއާއިން 17 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. މި 17 މީހުންވެސް ޕޮޒިޓިވްވެފައިވަނީ ބޮޑެތި އޮފީސްތަކާއި ގުދަންތައް ހިމެނޭ މުޅިން ތަފާތު ކްލަސްޓާރ ތަކަކުންނެވެ.

އެހެންކަމުން ޑރ. ޔަންގް ވަނީ ފަހުގެ ކޭސްތަކަށް ބަލާއިރު އެޤައުމުގައި މިހާރު ޕޮޒިޓިވްވަމުންދަނީ ދެވަނަ ރާޅުގެ ސަބަބުން ޕޮޒިޓިވްވާ މީހުންކަމަށް ބުނެފަ އެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޕޮޒިޓިވްވާނޭކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް ކޭ.ސީ.ޑީ.ސީއިން ދާދިފަހަކާއި ޖެހެންދެންވެސް ދިޔައީ މިހާރުވެސް ކޮރެއާއަށް ކުރަމުންދަނީ ފުރަތަމަ ރާޅުގެ އަސަރުކަމަށް ބުނަމުންނެވެ.

ކޮރެއާގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެޤައުމުގައި ގިނަ ނައިޓްކްލަބްތަކެއް ހިމެނޭ ސޮއުލްއިންނެވެ. ޑރ. ޔަންގް ބުނެފައިވާ ގޮތުގައި ގްރޭޓަރ ސޮއުލްއިން ކޭސްތައް ފެންނަން ފަށާފައިވަނީ މެއިމަހުގެ ކުރީކޮޅުގައި އޮތް ހަފްތާ ބަންދަށް ފަހުގައި ކަމަށެވެ. މީގެކުރިން ސައުތުކޮރެއާއިން އެންމެ މަދުން މިހުން ޕޮޒިޓިވްވެފައިވަނީ އެ ސިޓީއިންނެވެ.

ސައުތުކޮރެއާގައި 20 ޖެނުއަރީގައި އެންމެ ފުރަތަމަ ކޭސް ރިޕޯޓުކުރި ފަހުން 280 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ. އަދި 12،000 އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުނުއިރު މިހާރުވެސް ބަލިން ރަނގަޅުނުވާ 1،277 މީހުން އެޤައުމުގައި އެބަތިއްބެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ