އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/06/2020

ވައިރަސް ޖެހުމަށްފަހު ކޮރޯނާވައިރަސް އެންޓިބޮޑީސް ހަށިގަނޑުގައި ހުންނާނީ ދެތިން މަހަށް: ދިރާސާ

މީގެ އިތުރުން، އަލާމާތްތައް ފެންނަ މީހުންގެ ހަށީގަނޑުގައި އުފެދޭ އެންޓިބޮޑީސް މަދުކަމަށް މިދިރާސާގައި ބުނެފައިވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/06/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމަށްފަހު، އެ ވައިރަހުގެ އެންޓިބޮޑީސް އިންސާނާގެ ހަށިގަނޑުގައި ހުންނާނީ ދެތިން މަހަށްކަމަށް މިދިޔަ ބުރާސްފަތު ދުވަހު ނޭޗާ މެޑިސިންގައި ޝާއިއުކުރި ދިރާސާއެއްގައި ބުނެފި އެވެ.

ނަމަވެސް މީގެ މާނައަކީ ދެވަނަ ފަހަރަށް ބަލި ޖެހޭނެ އެކޭ ނޫނެވެ. ހަށިގަނޑުގައި އެންޓިބޮޑީސް މަދުން ހުރި ނަމަވެސް ވައިރަސް އާއި ދެކޮޅަށް ހަށީގަނޑު ދިފާއު ކުރާނެއެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމަށް ނިސްބަތްވާ ޓީ އަދި ބީ ސެލް ވެސް އެހީތެރިވެދޭނެއެވެ.

އެންޓިބޮޑީ އަކީ ބަލި ޖައްސާ ބެކްޓީރިއާ އާއި ވައިރަސް ފަދަ ތަކެތި ހަށިގަނޑަށް ވަނުމުން، އޭތި ނައްތާލުމަށް ދިފާއީ ނިޒާމުން އުފައްދާ ޕްރޮޓީންއެކެވެ. އަދި ދެވަނަ ފަހަރަށް އެ ވައިރަސް ހަށިގަނޑަށް ވަނުމުން އެ އެންޓިބޮޑީ ކުރިއަށް ވުރެ އަވަހަށް ހަރަކާތްތެރިވެ، އެ ބެކްޓީރިއާ ނުވަތަ ވައިރަސް ނައްތާލަ އެވެ.

މި ދިރާސާ ހެދުމަށްޓަކައި ރިސާޗަރުން ވަނީ ޗައިނާގެ ވަންޗައޮ ޑިސްޓްރިކްޓުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި އެހެންނަމަވެސް، އަލާމާތްތައް ފެނިފައިނުވާ 37 މީހެއް ތަހްލީލްކޮށްފަ އެވެ. އަދި ރިސާޗަރުން ވަނީ ކޮރޯނާވައިރަހުގެ އަލާމާތްތައް ހަށިގަނޑުން ފެނި ވައިރަހަށް ޕޮޒިޓިވްވި 37 މީހެއްގެ އެންޓިބޮޑީސް އާއި ކުރިން ބުނެވުނު 37 މީހުންގެ އެންޓިބޮޑީސް އަޅާކިޔާފަ އެވެ.

ދެ ހަފްތާގެ ތެރޭގައި 61 އިންސައްތަ އަލާމާތްތައް ފައުޅުވި މީހުންނާއި އަޅާބަލާއިރު، 81 އިންސައްތަ އަލާމާތްތައް ފައުޅުނުވާ މީހުންގެ ހަށިގަނޑުން އެންޓިބޮޑީސްގެ އަސަރުވަނީ ނެތިގެންދާން ފަށާފަ އެވެ.

އެގޮތުން މި މުއްދަތުގައި އަލާމާތްތައް ނުފެންނަ މީހުންގެ ހަށިގަނޑުގައި ހުރި އެންޓިބޮޑީސް 40 އިންސައްތައަށް އަށްވަނީ ދަށަށް ގޮސްފައެވެ.

އެހެންނަމަވެސް އަލާމާތްތައް ފެނުނު މީހުންގެ ހަށިގަނޑުން މި މުއްދަތުގައި އެންޓިބޮޑީސް ދަށަށް ގޮސްފައިވަނީ 12.9 އިންސައްތަ އަށެވެ.

މި ކުޑަކުޑަ ދިރާސާގެ އަލީގައި ރިސާޗަރުން ވަނީ "އިމިއުނިޓީ ޕާސްޕޯޓުގެ" ނަމުގައި ދުނިޔޭގެ ލީޑަރުން ގެންގުޅޭ ވިސްނުން ބަދަލުވެދާނޭ ކަމަށް ބުނެފަ އެވެ. ބައެއް ޤައުމުތަކުން ވަނީ ޕާސްޕޯޓުގައި އެއްފަހަރު ކޮރޯނާ ޖެހިފައި ތިބި މީހުންގެ ހަށިގަނޑުގައި އެންޓި ބޮޑީސް ހުންނާނޭ ކަމަށްބުނެ، ދަތުރުފަތުރުކުރުން ނުވަތަ ވަޒީފާއަށް އެނބުރި ނުކުތުމުގެ ހުއްދައެއް ހިމެނުމަށް މަޝްވަރާކުރަން ފަށާފަ އެވެ.

ކަންމިހެން އޮތްއިރު ސައިންސްވެރިން އަދިވެސް ދަނީ ކޮރޯނާވައިރަހުގެ މާއްދާތަކާއި ގުޅޭގޮތުން އިތުރު ހޯދުންތައް ހޯދަމުންނެވެ.

އޭގެތެރޭގައި، ވައިރަސް ޖެހުމަށްފަހު އިންސާނާގެ ދިފާއީ ނިޒާމު މަސައްކަތްކުރާ ގޮތްވެސް ހިމެނެއެވެ. ޖަވާބެއްގެ ގޮތުން އެމީހުން ބުނަނީ މިހާރު އެންމެ ބޮޑަށް ބަރޯސާވެފައި އޮތީ ވެކްސިނެއް އުފެއްދޭނޭ މުއްދަތަކާއި، އަދި އެވެކްސިން އެކި ހިސާބުތަކަށް ފޯރުކޮށްދެވޭނެ އަވަސްމިނަކަށެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސްގެ ޑިރެކްޓަރ ޑރ. އެންތަނީ ފައުޗީ މިމަހުގެ ކުރީކޮޅުގައި ވަނީ ކޮވިޑް-19 ވެސް އެހެނިހެން ކޮރޯނާވައިރަސް އާއި އެއްގޮތްވާނަމަ ވެކްސިނުން ދިގުމުއްތަކަށް ދިފާއީ ނިޒާމު ވަރުގަދަ ނުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ