އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 20/06/2020

މިއަދު ޕޮޒިޓިވްވީ 37 މީހުން، ރަނގަޅުވީ 19 މީހުން، ވެންޓިލޭޓަރުގައި ތިބީ 2 މީހުން

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
AP_77748494390597-e1584518856355___medialibrary_original_1128_751
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 20/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 37 މީހުންނެވެ. މިއާއެކު މިހާތަނަށް ރާޢްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2،187އަށް އަރާފަ އެވެ.

އެޗްޕީއޭއިން ދާދި ދެންމެއަކު ބުނިގޮތުގައި މިއަދު ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 19 ދިވެހިންނާއި، 12 ބަންގްލަދޭޝް މީހުންގެ އިތުރުން 6 އިންޑިޔާ މީހުން ކަމަށެވެ. މި އެންމެންނަކީވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންނެވެ.

މިއަދުގެ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ގއ. މާމެންދޫގެ އައު ޕޮޒިޓިވް ދެ ކޭސްއެއް ވެސް ހިމެނޭ ކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

މަބްރޫކް ވިދާޅުވީ މިއަދު މާމެންދޫއިން ޕޮޒިޓިވްވެފައިވަނީ ބުރާސްފަތި ދުވަހު އެރަށުން ޕޮޒިޓިވްވި މީހާ އާއެކު އެއް ގެއެއްގައި ކަރަންޓީނުގައި ތިބި ދެމީހުން ކަމަށެވެ. އަދި އެދެމީހުން ވެސް ޕޮޒިޓިވްވެފައި ވަނީ ބަލީގެ އަލާމާތްތައް ފެނި ބައްޔަށް ޓެސްޓު ކުރުމުން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 3 މީހަކު ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އަދި އޭގެތެރެއިން އެކަކު އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ޑރ. އިބްރާހިމް އަފްޒަލް މިރޭ ވަނީ ވިދާޅުވެފަ އެވެ.

އަދި ހުޅުމާލޭ މެޑިކަލް ހޮސްޕިޓަލުގައި 8 ބަލިމީހުން ތިބިއިރު އޭގެތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން މިއަދު މިހާތަނަށް އިތުރު 19 މީހަކު ވަނީ ބައްޔަށް ބޭސްކޮށް ރަނގަޅުވެފަ އެވެ.

މިއަދު ވެންޓިލޭޓަރަށް ލެވުނު ދެ މީހަކީ 77 ދިވެހި އަންހެނަކާއި. 43 އަހަރު ފިލިޕީންސް ފިރިހެނެކެވެ.

ރާއްޖެއިން މިހާތަނަށް ވަނީ މި ބަލި ޖެހިގެން 8 މީހަކު މަރުވެފަ އެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ