އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 20/06/2020

ކުޑަކުދިންނަށް ދޭ އާންމު ވެކްސިން ޖަހައިގެން ކޮރޯނާވައިރަހުން ރައްކާތެރިވެވިދާނެތަ؟

އެމްއެމްއާރް ވެކްސިންގެ ބޫސްޓަރ ޑޯޒްއެއް ދީގެން ކޮވިޑް-19 އިން ރައްކާތެރިވެވިދާނެކަމަށް އެމެރިކާގެ ދިރާސާވެރިންތަކެއް ބުނެފިއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 20/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަހަށް ވެކްސިނެއް ތައްޔާރުވުމަށް އަދި މަހެއް ނުވަތަ އަހަރުތަކަކަށް ވެސް އިންތިޒާރު ކުރަންޖެހިދާނެ އެވެ. މި ވައިރަހުގެ ނުރައްކާ ކޮޅިގަނޑުގެ ތެރޭގައި ވެކްސިނެއްގެ އިންތިޒާރުގައި ތިބި މީހުން ހައިރާންވާ ފަދަ ވާހަކައެއް އެމެރިކާއިން ދާދިފަހުން ވަނީ ދައްކާފަ އެވެ.

އެއީ ކުޑަކުދިންނަށް އާންމު ބައެއް ބަލިތަކުން ރައްކާތެރިކުރުމަށްދޭ ވެކްސިން ޖަހައިގެން ކޮރޯނާވައިރަހުގެ އެންމެ ނުރައްކާތެރި ފައްތަރުން ސަލާމަތްވެވިދާނެ ވާހަކަ އެވެ.

އެގޮތުން އެމެރިކާގެ ސައިންސްވެރިންތަކެއް މިހާރު ވަނީ ކޮރޯނާވައިރަހުގެ އެންމެ ނުރައްކާތެރި ސްޓޭޖުން މީހުން ސަލާމަތްކުރުމަށްޓަކައި، މީހުންގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް މީސަލްސް، މަމްޕްސް އަދި ރުބެއްލާ (އެމްއެމްއާރު) ވެކްސިންގެ ބޫސްޓަރ ޑޯޒްއެއް ދިނުމަށް ހުށަހަޅާފަ އެވެ.

އެމީހުންގެ ވިސްނުން ހުރީ ކިހިނެތް؟

އެމްއެމްއާރު ވެކްސިނަކީ އެންމެ ވެކްސިނަކުން ތިން ބަލިކަމަށްވާ (މީސަލްސް، މަމްޕްސް އަދި ރުބެއްލާ) ފަދަ އިންފެކްޝަސްއިން ރައްކާތެރި ކޮށްދޭ ވެކްސިނެކެވެ. މި ވެކްސިނުގެ މައިގަނޑު ބޭނުމަކީ ދިފާއީ ނިޒާމު ބޫސްޓް ކޮށްލުމާއެކު، ތަފާތު ވައިރަސްތައް ދެނެގަތުމަށް ހަށިގަނޑު ތަމްރީނު ކުރުމެވެ.

އެމްއެމްއާރު ވެކްސިނަކީ ސީދާ ވައިރަހަކުން އުފައްދާފައިވާ ލައިވް ވެކްސިނެކެވެ. މި ވެކްސިނުގެ ސަބަބުން މީސަލްސް، މަމްޕްސް އަދި ރުބެއްލާ ޖެހި މީހާ ބަލިކޮށްލުމުގެ ކުރިން ދިފާއީ ނިޒާމު ވަރުގަދައަށް ރައްކާތެރިކޮށްދެ އެވެ. ސަބަބަކީ މި ވެކްސިންގެ ސަބަބުން ވައިރަހުގެ ބޭނުން އެއްކޮށް ހިފައި ހަށިގަނޑުގައި އެންޓި ބޮޑީސް އުފައްދައި ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭތީ އެވެ.

ކޮވިޑް-19 ފަރުވާކުރުމުގައި މި އުކުޅު އެންމެ ފުރަތަމަ ބޭނުންކުރަން ނިންމާފައިވަނީ މި ވައިރަސްގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާވެދާނޭ ފަރާތްތަކަށް ކަމަށް އެމްބަޔޯ ޖާނަލްގައި ވަނީ ބުނެފަ އެވެ. އަދި އޭގެ ސަބަބުން އެފަދަ ފަރާތްތަށް ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ކުޑަވާނޭ ކަމަށް ވަނީ ބުނެފަ އެވެ.

ބައެއް ދިރާސާވެރިން ލަފާކުރާ ގޮތުގައި ކުޑަކުދިން މި ވައިރަހަށް ހުށަހެޅުމުގެ ފުރުސަތު ކުޑައީ އެކުދިން ދާދިފަހުން ވެކްސިން ޖަހާފައިވާތީ އެވެ.

އަދި ބައެއް ގައުމުތަކުން ވަނީ މިސަބަބަށްޓަކައި ޓީބީ ވެކްސިންގެ ބޫސްޓަރ ޑޯޒެއް ބަލިމީހުންނަށް ދީފައެވެ. ބައެއް ސިއްހީ މާހިރުން ވަނީ ޕޯލިޔޯ ވެކްސިންވެސް މިގޮތަށް ދޭން ލަފާކޮށްފައެވެ.

މިކަމަކީ އިތުރަށް ދިރާސާކޮށް ބަލަން ޖެހޭ ކަމެކެވެ. ދިރާސާގެ ލިޔުންތެރިޔާ ބުނެފައިވަނީ މި ވެކްސިން ދީގެން ޓެސްޓު ކުރުމަކުން ވާނޭ އެއްވެސް ގެއްލުމެއް ނެތްކަމަށެވެ.

އޭގެ ބަދަލުގައި މި އުކުޅު ނާކާމިޔާބު ވިނަމަވެސް، މި ވެކްސިން ދޭ މީހުންގެ ހަށިގަނޑުގައި މީސަލްސް، މަމްޕްސް އަދި ރުބެއްލާގެ އައު އެންޓިބޮޑީސްތައް އުފެދޭނެކަމަށް ރިސާޗަރުންނާއި ހަވާލާދީ އެމްބަޔޯ ޖާނަލްގައި ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ