އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 20/06/2020

ކޮންމެ 5 މީހެއްގެ ތެރެއިން އެކަކަށް ކޮވިޑް-19ގެ ނުރައްކާ ބޮޑު: ދިރާސާ

މި ދިރާސާ ހެދުމަށްޓަކައި ރިސާޗަރުން ވަނީ ވައިރަސް ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެ 11 ކެޓަގަރީއަކުން ތަހުލީލް ހަދާފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 20/06/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާއިތުވި 6 މަސްތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުން 8 މިލިޔަނަށްވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ވަނީ ޖެހިފަ އެވެ. އަދި އޭގެތެރެއިން 434،000 އަށްވުރެ ގިނަ މީހުން ވަނީ މި ވައިރަހުގެ ސަބަބުން މަރުވެފަ އެވެ.

އެހެންނަމަވެސް މަރުވި 434،000 މީހުން މަރުވެފައިވަނީ ހަމަހުރެފައެއް ނޫނެވެ. މި އެންމެންނަކީވެސް ފުއްޕާމެއަށާއި ހިތަށް ގެއްލުންދެނިވި ބޮޑެތި ބަލިތައް ކަމަށްވާ ހަކުރުބަލި ފަދަ ބަލިތައް ތަހައްމަލް ކުރަމުންދާ ނުވަތަ އުމުރުން ދުވަސްވީ މީހުންނެވެ.

ހުސްވި ހޯމަ ދުވަހު ދަ ލަންސެޓް ގްލޮބަލް ހެލްތްގައި ޝާއިއުކުރި މި ދިރާސާގައި ބުނެފައިވާގޮތުން ދުނިޔޭގެ 22 އިންސައްތައިގެ ގޮތުގައި ހިމެނޭ 1.7 ބިލިޔަން މީހުންނަކީ ކޮންމެވެސް އެއްގޮތަކަށް ކުރިންބުނި ކެޓަގަރީއަށް ނިސްބަތްވާ މީހުންނެވެ.

އަދި މި ބަލީގެ ނުރައްކާ އޮތް މިންވަރު ހާމަކޮށްދެމުން މި ދިރާސާގައި ވަނީ ހަމައެހެންމެ އުމުރުންދުވަސްވީ ނަމަވެސް ސިއްހީ ހާލަތު ރަނގަޅު މީހުންނަކީވެސް ކޮވިޑް-19 ޖެހިއްޖެ ނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް މީހުންކަމަށް ބުނެފަ އެވެ. ހަމައެހެންމެ ފަގީރުވުމާ އެކު އާދަޔާ ހިލާފަށް ބަރުވުމަކީވެސް މި ބަލީގެ ނުރައްކަލަށް ހުށަހެޅޭ އިތުރު ސަބަބެއް ކަމަށް ވަނީ ބުނެފަ އެވެ.

މި ދިރާސާ ހެދުމަށްޓަކައި ރިސާޗަރުން ވަނީ ވައިރަސް ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެ 11 ކެޓަގަރީއަކުން ތަހުލީލް ހަދާފަ އެވެ. މި ލިސްޓުގެ ތެރޭގައި އިމިއުނޮސަޕްރެޝަން ބޭސް ކާމީހުންނާއި، އޮޓޯ އިމިއުން ޑިސްއޯޑާރ ހުންނަ މީހުންނާއި، ކީމޯތެރަޕީ ފަދަ ދިފާއީ ނިޒާމު ބަލިކަށިވާ ފަދަ ފަރުވާތައް ކުރަމުންދާ މީހުން ހިމެނެ އެވެ. އަދި މި ލިސްޓްގެ ތެރޭގައި އެޗްއައިވީ ހުންނަ މީހުންވަނީ ފުރާނައަށް ނުރައްކާވެދާނެ ކަމަށް އެންމެ ބޮޑަށް ފުރުސަތު އޮތް މީހުންގެ ތެރޭގައި ހިމަނާފަ އެވެ.

އަލަށް ހެދި މި ދިރާސާގެ ލިޔުންތެރިޔާ، ކޮލަމްބިޔާ ޔުނިވަރސިޓީގެ ޕަބްލިކް ހެލްތް ރިސާޗަރ ނީނާ ޝްވަލްބް ތަކުރާރުކޮށް ވަނީ ކޯވިޑް-19 ޖެހޭ މީހުންގެ ސިއްހީ ހާލަތަށް ބަލާ މި ބަލީގެ ސީރިއަސްކަން ބޮޑުވެދާނޭ ކަމަށް ބުނެފަ އެވެ.

މި ދިރާސާ ހެދުމަށްޓަކައި ރިސާޗަރުން ވަނީ 2007 ވަނަ އަހަރު މުޅި ދުނިޔެ ހިމެނޭގޮތަށް ހެދި ގްލޮބަލް ބާރޑަން އޮފް ޑިޒީސް ދިރާސާއަށް ހެދި އެޕިޑެމިއޮލޮޖިކަލް ސާވޭ އިން ޑާޓާ އެއްކޮށްފަ އެވެ. މި ޑާޓާތައް އެއްކުރުމުގެ މަގްސަދަކީ ދުނިޔޭގެ ނިސްބަތުން މިފަދަ ހާލަތްތަކުގައި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް މީހުންގެ އަދަދު ދެނެގަތުމެވެ.

މީގެ އެންމެ ފަހުގެ ތަހުލީލުތަކުން ދެއްކި ގޮތުގައި ދުނިޔޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ މިފަދަ ބަލިމަޑުތަކުގައި ސިއްހީ މައްސަލަތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތް މީހުންނެވެ.

މީގެ އިތުރުން ދުނިޔޭގެ އާބާދީގެ 4 އިންސައްތަ (349 މިލިއަން) މީހުންނަކީ ބަލި ޖެހިއްޖެ ނަމަ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭނެ މީހުންކަމަށް މިދިރާސާއިން ވަނީ ލަފާކޮށްފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ