އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 20/06/2020

އެޕޮޓެކްސް ކުންފުނިން އުފައްދާ މެޓްފޯރމިން ބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފި

ޓައިޕް-2 ޑައިބިޓީސް ހުންނަ ބަލިމީހުން އާއްމުކޮށް ބޭނުން ކުރަމުން އަންނަ މެޓްފޯރމިންގެ އެހެނިހެން ބްރޭންޑްތައް ރާއްޖޭގައި ބޭނުންކުރުން ހުއްދައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 20/06/2020

Metformin
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހަކުރު ބައްޔަށް ބޭނުން ކުރަމުން އަންނަ މެޓްފޯރމިން ބޭހުގެ ވައްތަރެއް ރާއްޖެއަށް އެތެރެކޮށް ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

ކެނަޑާގެ އެޕޮޓެކްސް ކުންފުނިން އުފައްދަމުން އައި މެޓްފޯރމިން ބޭހަކީ ކެންސަރަށް މަގުފަހިވާ މާއްދާއެއް ހިމެނޭ ބޭހެއްކަމަށް ހޯދައި އެކަން އިއުލާނުކޮށްފައިވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިންނެވެ. އެގޮތުން މިމާއްދާއަކީ "ނައިޓްރޯސޯޑިމެތިލިން" ކަމަށް އެ އޮތޯރިޓީގެ ހޯދުންތަކުން ދައްކައެވެ. މިއާއެކު އެމެރިކާގައިވެސް ވަނީ މިބޭސް ވިއްކުން މަނާކޮށްފައެވެ.

ނަމަވެސް މިޚަބަރާއި ގުޅިގެން ރާއްޖޭގައި ބައެއް ހަކުރު ބަލީގެ ބަލިމީހުން ބޭސް ކެއުން ހުއްޓާލުމުން ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓައިޕް-2 ޑައިބިޓީސް ހުންނަ ބަލިމީހުން އާއްމުކޮށް ބޭނުން ކުރަމުން އަންނަ މެޓްފޯރމިންގެ ގިނަ ބްރޭންޑްތަކެއް ވެއެވެ. އެހެންކަމުން ޑޮކްޓަރުންގެ އެދުމަކީ ކޮން ބްރޭންޑެއްގެ ބޭހެއްތޯ ޔަޤީން ކުރުމަށް ފަހު ބޭސް ބޭނުން ކުރަމުން ދިޔުމަށެވެ.

ބޭސް ސިޓީއަށް، އަމިއްލަ ބޭނުމަކަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އެތެރެކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އަންގާފައެވެ. އަދި އެއްވެސް ބޭނުމަކަށް އެޕޮޓެކްސް ކުންފުނިން އުފައްދާ މި ބޭސް ރާއްޖެއަށް އެތެރެކޮށް، ވިއްކާ، ބޭނުން ނުކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

މި ބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅުއްވާ މަޢުލޫމާތު ޙިއްސާ ކުރެއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިހޯދުންތަކާއި ގުޅިގެން އެޕޮޓެކްސް ކުންފުނިން ވަނީ މިބޭސް މާރކެޓުގައި ވިއްކުން ހުއްޓާލާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ