އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 17/06/2020

އިތުރު 26 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 2،120އަށް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 17/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު އިތުރު 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2،120އަށް ވަނީ އަރާފައެވެ.

ހަމައެހެންމެ މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުވެސް ވަނީ އިތުރު 7 މީހަކު ބައްޔަށް ފަރުވާކޮށް ރަނގަޅުވެފަ އެވެ. މި ހަތް މީހުންނާއެކު މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު ވަނީ 1،677އަށް އަރާފަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގަލްދޭޝްގެ 16 މީހުންނާއި ތިން ދިވެހިންނާއި ނޭޕާލްގެ ތިން މީހުންނާއި އިންޑިއާ ތިން މީހުންގެ އިތުރުން ލަންކާ މީހެކެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންނެވެ.

ކޮވިޑަށް 37،491 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.

މި ވަގުތު ކޮވިޑް އައިސޮލޭޝަންގައި ތިބީ 281 މީހުންނެވެ. ކަރަންޓީންގައި ތިބީ 318 މީހުނެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ