އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 16/06/2020

ކޮވިޑް-19: މިއަދުވެސް 29 މީހުން ވައިރަހަށް ޕޮޒިޓިވް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 16/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 29 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 29 މީހުންގެ ތެރޭގައި ހިމެނެނީ 28 ބިދޭސީންނާއި ދިވެއްސެކެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ 15 މީހަކު ހިމެނެއެވެ. މީގެ އިތުރުން ނޭޕާލް، އިންޑިއާ އަދި ޕިލިޕީސް މީހެއްވެސް ހިމެނެއެވެ. މި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 2094 އަށް އަރާފަ އެވެ.

އަދި އެޗްޕީއޭ އިން މިރޭ ހާމަކުރިގޮތުގައި ފަރުވާދޭ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 414 އަށް ތިރިވެފައެވެ.

އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ވަނީ 30 މީހަކު ޕޮޒިޓިވް ވެފައެވެ.

ކޮވިޑްގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

ރާއްޖެއިން 2،000 އަށްވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާއިރު 36،857 ސާމްޕަލް ނަގާފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ