އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 10/11/2019

ދުވާލަކު ކާ އެއްޗަކަށް ވުރެ ކާ ގަޑިތައް މާ މުހިއްމު - ދިރާސާ

އެމެރިކާގެ ޖާރނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން އިން ކުރި މިދިރާސާއިން އެނގޭގޮތުގައި ކެއުމުގައި ކާއެއްޗެހި ހިމަނާ ވަރަށް ވުރެ ކާވަގުތުގެ ސަބަބުން އަންނަ ސިއްހީ އަސަރުތައް ބޮޑެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 10/11/2019

Diet
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިނގިރޭސި ހަރުބަހެއް ކަމަށްވާ "ރަސްކަލެއްގެ ކެއުން ހެނދުނު، ރަސްދަރިކަލެއްގެ ކެއުން މެންދުރު އަދި އާދައިގެ މީހެއްގެ ކެއުން ރޭގަނޑު" މިބުނުމަށް ކުޑަ ބަދަލެއް ގެނައުމުން އޭގެން ސިއްހަތައް ހެޔޮ އަސަރުތަކެއްކޮށް ހިކުމަށް ވެސް އެހީވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ. 

އެމެރިކާގެ ޖާރނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން އިން ކުރި މިދިރާސާއިން އެނގޭގޮތުގައި ކެއުމުގައި ކާއެއްޗެހި ހިމަނާ ވަރަށް ވުރެ ކާވަގުތުގެ ސަބަބުން އަންނަ ސިއްހީ އަސަރުތައް ބޮޑެވެ.

ރިސާޗަރުންވަނީ ދުވަހުގެ ކެއުން އެއް ވަރަކަށް ކައި އުޅޭ 18 އަހަރާ 45 އަހަރާ ދެމެދުގެ އަންހެނުންގެ ދެޓީމެއް ބަލާ ރިކޯޑް ކޮށްފައެވެ. އަދި މިދެ ޓީމަށް އިރުޝާދު ދެވުނީ ދުވާލުގެ އެކި ވަގުތު ތަކުގައި ދުވަހުގެ ބޮޑު ނާސްތާ ކާށެވެ. ރޭގަނޑު ގަޑީގައި ދުވަހުގެ ބޮޑު ނާސްތާ ކެއި ޓީމާ އަޅާ ބަލާއިރު ދުވަހުގެ ބޮޑު ނާސްތާ މެންދުރު ގަޑީގައި ކެއި ޓީމު 3 ޕައުންޑް (1.36 ކިލޯގްރާމް) އިތުރަށް ވަނީ ހިކިފައެވެ.

 12 ހަފްތާއަށް ދިގުދެމިގެން ދިޔަ މިދިރާސާގައި ރޭގަނޑު ބޮޑު ނާސްތާ ކެއި ޓީމުން 9.5 ޕައުންޑު (4.31 ކިލޯގްރާމް) ލުއިވެފައިވާ އިރު، މެންދުރު ގަޑީގައި ބޮޑު ނާސްތާ ކެއި ޓީމުން ލުއިވެފައިވަނީ 12.5 ޕައުންޑު (4.31 ކިލޯގްރާމް) އެވެ. އަދި މެންދުރު ގަޑީގައި ކެއި ޓީމުން އިންސުލިންއ ސެންސިޓިވިޓީވެސް މަތިކަމަށް ފާހަގަ ކުރެވުނެވެ. މީގެ ސަބަބުން ހަކުރު ބަލި ކޮންޓްރޯލް ކޮށްދިނުމަށް އެހީތެރިވެ ދެއެވެ. 

މި ނަތީޖާގެ ޔަގީންކަން ދެނަގަތުމަށް އިތުރު ދިރާސާ ހެދުން މުހިއްމު ނަމަވެސް މިއީ ކޮންމެ މީހަކަށްވެސް ގެނެވޭނޭ ސިއްހަތައް ރަނގަޅު ބަދަލެކެވެ. ހަމަގައިމުވެސް މިބަދަލުގެ ސަބަބުން ކޫސަނި ކާއެއްޗެހި ކާހިއްނުވުން އެކަށީގެން ވެއެވެ.

މަސައްކަތައް ދާއިރު މެންދުރުގެ ނާސްތާއަށް ސިއްހަތައް ރަނގަޅު ކެއުމެއް ތައްޔާރު ކުރަން ފުރަތަމަކޮޅު އުނދަގޫ ވެދާނެއެވެ. ރޭގަނޑުގެ ބޮޑުކެއުން ނުކެއުމުން ސަލާމަތްވާ ލާރިން އޯރޑާ ކުރިއްޔާ ފަސޭހަވާނެއެވެ. މީގެ އިތުރުން ކާތައްޓަށް ސެލެޑް އަދި ތަރުކާރީ ބާވަތްތައް އިތުރު ކުރުންފަދަ ކުދި ކުދި ބަދަލުތައް ގެނެސްގެން ސިއްހަތަށް ފައިދާހުރި ކުރިއެރުމެއް މެންދުރުގެ ނާސްތާއައް ގެނެވޭނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ