އިސްކޮޅުން ދިގު މީހުންނަށް ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑަތަ؟
ސިއްހަތައް ރަނގަޅު ނޫން އެއްޗެހި ކެއުމާއި ކަސްރަތު ކުރުމުން ދުރުހެލި ވުމަކީ ހަކުރު ބައްޔަށް މަގު ފަހިވާ ކަންތައްތަކެވެ. ނަމަވެސް ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި މީހާގެ އިސްކޮޅާ ހަކުރު ބަލި ޖެހުމާ ގުޅުންތަކެއް ވެއެވެ.
ޖަރުމަންގެ އިންސްޓިޓިއުޓް އޮފް ހިއުމަން ނިއުޓްރިޝަންގެ ސައިންސް ވެރިންތަކެއް ވަނީ އިސްކޮޅާއި ޓައިޕް 2 ހަކުރުބައްޔާއި ހުރި ގުޅުން ދެނަގަތުމަށްޓަކައި ވަރަށް ފަހުން ޓެސްޓު ތަކެއް ހަދާފައެވެ. މި ދިރާސާ ޝާއިޢު ކުރެވިފައިވަނީ ޑައިބެޓޮލޮޖިއާ ޖަރނަލް ގައެވެ.
މި ދިރާސާ ހެދުމުށް، އެމީހުން ވަނީ ޖަރުމަނުން 2500 މީހުންގެ "ޔޫރަޕިއަން ޕްރޮސްޕެކްޓިވް ރީސަރޗް އޮން ކެންސަރ އެންޑް ނިއުޓްރިޝަން" ގެ ދަށުން މީހުން ކާ އެއްޗެއްސާއި ކެންސަރާ ހުރިގުޅުން ބަލަން ހެދި ރޮޕޯރޓްތަކެއް ބަލާ ދިރާސާކޮށްފައެވެ.
މި ޓީމުން ވަނީ ޓެސްޓް ހެދި މީހުންގެ ސިއްހަތު ބަލާ ދިރާސާކޮށްފައެވެ. އޭގެ ތެރޭގައި މި މީހުންގެ ބަރުދަނާ، ހަށިގަނޑުގެ އިސްކޮޅާއި އިށީންދެގެން އިންނައިރު ހުންނަ އިސްކޮޅުވެސް ވަނީ ރިކޯރޑް ކޮށް ބަލާފައެވެ.
މި ދިރާސާއިން އެނގޭ ގޮތުންނަމަ ފިރިހެނުންގެ ތެރެއިން އެވެރެޖްއަށްވުރެ 4 އިންޗި ދިގު މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ދަށެވެ. އަދި އެފަދައިން އަންހެނުންނަށް 33 އިންސައްތަ ދަށެވެ.
"އަޅުގަނޑުމެންގެ ހޯދުންތަކުން އެނގޭގޮތުގައި ކުރުމީހުންގެ ފަރާތުން ކާރޑިއޯމެޓަބޮލިކް ރިސްކް-ފެކްޓާ ލެވްލްސް ހައި ކަމަށް ފާހަގަވެ އެމީހުންނަށް އިސްކޮޅުން ދިގުމީހުންނާ އަޅާ ކިޔާއިރު ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަވެއެވެ." ދިރާސާ ލިޔުނު ފަރާތް މައުލޫމާތު ދެއެވެ.
ސައިންސްވެރިންނަށް މިހެން ވާން ޖެހޭ ސަބަބަބު ސީދާ އެނގިފަކާ ނުވި ނަމަވެސް އެބޭފުޅުން ބުނާގޮތުގައި މިހެން މިވަނީ ލިވަރގައި ސަރުބީ ހުރި ވަރު ދެބައިމީހުންގެ ތަފާތުވުމުން ކަމަށް ލަފާ ކުރާކަމަށް ވަނީ ބުނެފައެވެ.
އެބޭފުޅުން ބުނާގޮތުންނަމަ އިސްކޮޅުން ދިގު މީހުންގެ އާންމުކޮށް ލިވަރގައި ސަރުބީ މަދެވެ. އަދި އިސްކޮޅުން ކުރު މީހުންގެ މި ސަރުބީ ގިނައެވެ. ލިވަރގައި ސަރުބީ ގިނަވުމަކީ ހަކުރުބައްޔަށް މަގުފަހިވާ ކަމެކެވެ.
" އިސްކޮޅުން ދިގު މީހުންނަށް ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑަކަމަށް ދިރާސާއިން ދެއްކިނަމަވެސް އަޅުގަނޑުމެންގެ ޑާޓާއަކުން މިދެކަމުގެ ސީދާ ލިންކް އެއް ފެންނާކަށް ނެތް"، ދިރާސާ ލިޔުއްވި ފަރާތް ވިދާޅުވިއެވެ "ނަމަވެސް ލިވަރގެ ސަރުބީފަދަ ކާޑިއޯމެޓަބޮލިކް ރިސްކް ފެކްޓާރސް އަކީ މުހިންމު ސަބަބުތަކެއް މި ބަލި ޖެހުމަށް"
މިއީ އިސްކޮޅާ ބައްޔަކާ ހުރި ގުޅުން ފާހަގަ ކުރި ފުރަތަމަ ދިރާސާއެއް ނޫނެވެ.
2018 ވަނަ އަހަރު ޔުނިވާރސިޓީ އޮފް ކެލެފޯނިއާ ރިވާރސައިޑްގެ ސައިންސްވެރިން ހެދި ދިރާސާއަކުން އެނގޭ ގޮތުގައި އިސްކޮޅުން ދިގު މީހުންނަށް ކެންސަރ ޑަޔަގްނޯސް ކުރުމުގެ ފުރުސަތު ބޮޑުކަމަށް ވެއެވެ. އެހެންވަނީ އިސްކޮޅުން ދިގު މީހުންގެ ހަށިގަނޑުގައި ކުރު މީހުންނާ އަޅާކިއާއިރު ސެލް ގެ އަދަދު ގިނަވުމުން މިއުޓޭޓްވެ ބަލިޖެހުމުގެ ފުރުސަތު އިތުރުވާތީއެވެ. އެ ދިރާސާގައި ވާގޮތުންނަމަ އެވަރެޖް އިސްކޮޅަށްވުރެ އިތުރުވާ ކޮންމެ 4 އިންޗިއަކުން ބަލި ޖެހުމުގެ ފުރުސަތު 10 އިންސައްތަ އަށް އިތުރުވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)