އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/09/2020

ހުދު ބަތާއި ހަކުރު ބައްޔާއި ގުޅުމެއްވޭ – ދިރާސާ

10 އަހަރުވަންދެން 21 ޤައުމެއް ހިމެނޭގޮތަށް ހެދި ދިރާސާއެއް ދާދިފަހުން ވަނީ ހަދައި ނިންމައި، ނަތީޖާއަކަށް ވާސިލްވެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/09/2020

Research Diabetes
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހުދު ބަތަކީ ސިއްހަތަށް ގެއްލުންދޭ ކާނާގެ ބާވަތެއްކަމަށް މީގެކުރިން ވެސް ތަކުރާރުކޮށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ. ހުދު ބަތުގެ ސަބަބުން ބަރުދަން އިތުރުވުގެ އިތުރުން ލޭގައި ހަކުރު ހުންނަ މިންވަރު (ބަލަޑް ޝުގަރ ލެވަލް) ވެސް މަތިކޮށްދެއެވެ.

އެހެންނަމަވެސް މި ހުރިހާ ކަމަކާއެކުގައި ވެސް ހުދުބަތަކީ ބައެއް ސިއްހީ މާހިރުން ސިފަކޮށްދީފައިވާ ވަރަށްވުރެ ރަނގަޅު ކެއުމެއްގެ ގޮތުގައި ބައެއް ދިރާސާތަކުގައި ވަނީ ސިފަކޮށްފަ އެވެ.

10 އަހަރުވަންދެން 21 ޤައުމެއް ހިމެނޭގޮތަށް ހެދި ދިރާސާއެއް ދާދިފަހުން ވަނީ ހަދައި ނިންމައި، ނަތީޖާއަކަށް ވާސިލްވެފަ އެވެ. 130،000 ބޮޑެތި މީހުންނާއެކު ހެދި މިދިރާސާގައި ގައި ވަނީ ހުދުބަތުގެ ސަބަބުން ލިބޭ ބައެއް ގެއްލުންތައް ގެނެސްދީފަ އެވެ.

މި ދިރާސާގެ ފައިނަލް ނަތީޖާއިން ދައްކަގޮތުގައި ހުދުބަތް ކާނަމަ ޑައިބެޓިސް ލެވަލް ހީވެސް ނުކުރާހާ މަތިވެއެވެ. އަދި މިކަމުގެ ނުރައްކާ އެންމެ ބޮޑީ ދެކުނު އޭޝިޔާ ބައްރުގެ މީހުންގެ މެދުގައިކަން ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ. ދިވެހިރާއްޖެވެސް ހިމެނެނީ މިބައްރަށެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި އެކި ޤައުމުތަކުގެ ރިސާޗަރުންވެގެން ހެދި މި ދިރާސާ ޝާއިއުކޮށްފައި ވަނީ ޑައިބެޓިސް ކެއާ ޖާނަލް ގައެވެ.

މި ދިރާސާގައި ވާގޮތުން ހުދު ބަތް ތައްޔާރު ކުރުމުގައި ވިޓަމިން ބީ ފަދަ މާއްދާތައް ވަކިވެއެވެ. އަދި ހުދުބަތުގައި ގްލައިސެމިކް އިންޑެކްސް މިންވަރު އިތުރުވުމުގެ ސަބަބުން ހަލުވިމިނެއްގައި ބްލަޑް ޝުގަރ ލެވަލް އިތުރުވުމަށް މަގުފަހިވާކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

2012 ވަނަ އަހަރު ހެދި ދިރާސާއެއްގައި ވަނީ ޑޮކްޓަރުން އިރުޝާދު ދީފައިވާ މިންގަނޑަށް ވުރެ އިތުރަށް ބަތްކާ ކޮންމެ ފަހަރަކު ހަކުރު ލެވަލް މަތިވާކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް މީގެ ކުރިން ހުދުބަތާއި ގުޅިގެން ހެދި ދިރާސާތަކުގައި އެކި ޤައުމުތަކުގެ މެދުގައި ނަތީޖާ ތަފާތެވެ. އެގޮތުން އެއް ދިރާސާއެއްގައި ބައިވެރިވި 45،000 މީހުން ހުދު ބަތް ކެއުމުން ހަކުރުގެ ލެވަލްއަށް ވަކި ބަދަލެއް ނާންނަކަމަށް ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް 21 ޤައުމު ހިމަނައިގެން ފަހުން ހެދި ދިރާސާގެ ނަތީޖާ ތަފާތެވެ.

ދިރާސާ

މި ދިރާސާގައި ބުނެފައިވާ ގޮތުން ދެކުނު އޭޝިޔާ މީހުން ފާހަގަކުރެވެނީ ހަކުރު ލެވަލް މަތި ބައެއްގެ ގޮތުގައެވެ. މީގެ ސަބަބެއްގެ ގޮތުގައި ރިސާޗަރުން ވަނީ އެމީހުންގެ ދިރިއުޅުމުގެ އާދަތަކާއި އުފެދުމުގައި ހުރި ބައެއް ކަންކަން ފާހަގަކޮށްފައެވެ.

މިކަން އިތުރަށް ދެނެގަތުމަށްޓަކައި ރިސާޗަރުން ވަނީ އިންޑިޔާ، ބަންގްލަދޭޝް، އަދި ޕާކިސްތާން މީހުން އަޅާކިޔާފަ އެވެ.

ނަތީޖާ

މި ދިރާސާގައި ބައިވެރިވީ 35-70 އަހަރާއި ދެމެދުގެ މީހުންނެވެ. އެގޮތުން ބައިވެރިވި 132،372 މީހުންގެ ތެރެއިން 6،129 މީހުންގެ ހަކުރު ލެވަލް ވަނީ 9 އަހަރާއި ހަމަސްދުވަހުގެ ތެރޭގައި މަތިވެފަ އެވެ. މި މީހުން އެވަރެޖްކޮށް ވަނީ ދުވާލަކު 128 މިލިގްރާމް ބަތް ކައިފައެވެ.

މީގެތެރެއިންވެސް އެންމެ ގިނަ އަދަދަކަށް އެވަރެޖްކޮށް ބަތް ކާކަމަށް ފާހަގަވެފައިވަނީ ދެކުނު އޭޝިޔާ މހުންނެވެ. އެއީ ދުވާލެއްގެ މައްޗަށް 630 ގްރާމެވެ. އަދި ޗައިނާ މީހުން ދުވާލެއްގެ މައްޗަށް 238 ގްރާމާއި 200 ގްރާމާއި ދެމެދުގެ މިންވަރަކަށް ބަތް ކާކަމަށް ވެއެވެ.

ދިރާސާގައި ވާގޮތުން އެންމެ ގިނައިން ބަތްކާ މީހުން އާންމުގޮތެއްގައި ފައިބަރ ލިބޭ އެހެން ކާނާތަކާއި ޑައިރީގެ ބާވަތްތަކާއި ވަރަށް ދުރެވެ. މީގެތެރޭގައި އެންމެ ގިނައީ ދެކުނު އޭޝިޔާ މީހުންނެވެ.

އެހެންނަމަވެސް މި ދިރާސާގައި ތަކުރާރުކޮށް ވަނީ ބަތްކާ އެންމެންނަކީ ހަކުރު ބަލި ހުންނަ މީހުން ނޫންކަމަށް ބުނެފަ އެވެ.

ދެން ހަދާނީ ކިހިނެތް؟

މި ދިރާސާ ހެދި ރިސާޗަރުން ވަނީ ހުދު ބަތުގެ ބަދަލުގައި ބްރައުން ރައިސް ކާނަމަ ގްލައިސެމިކް ލެވަލް ދަށްކޮށްދޭ ކަމަށް ބުނެފަ އެވެ. އަދި ބަތް ކާނަމަ ބަތާއެކު ތާޒާ ތަރުކަރީ ކެއުމަށްވެސް ސިއްހީ މާހިރުން ވަނީ އިރުޝާދު ދީފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ