ޑައިބެޓިސް ނުވަތަ ހަކުރުބައްޔަކީ ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް އެންމެ އާންމު އެއް ބައްޔެވެ. މިއީ ރާއްޖޭގެ ގިނަ ބަޔަކު ވެސް ތަހައްމަލް ކުރާ ބައްޔެކެވެ.
އިންޓަރނޭޝަނަލް ޑައިބެޓިސް ފެޑަރޭޝަނުން ބުނެފައިވާ ގޮތުގައި 2019 އިން 2045 އާއި ހަމަޔަށް ހަކުރު ބަލި ތަހައްމުލު ކުރާ މީހުންގެ އަދަދު 77 މިލިޔަނުން 134 މިލިޔަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ވަނީ ބުނެފަ އެވެ.
World Diabetes Day became an official United Nations Day in 2006 with the passage of United Nation Resolution 61/225. It is marked every year on 14 November, the birthday of Sir Frederick Banting, who co-discovered insulin along with Charles Best in 1922.Nov 14, 2020#diabetesday pic.twitter.com/zONECn9b50
— Maldivian Medical Association (@mma_mv) November 15, 2020
ހަކުރުބައްޔާއި ހިތުގެ ދުޅަހެޔޮކަމާއި ވަރަށް ބޮޑު ގުޅުމެއް ވެއެވެ. އެގޮތުން ހަކުރު ބަލި ހުންނަ މިހަކަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ދުވާލެއްގެ މައްޗަށް 2-4 ގުނައަށް އިތުރު ވެއެވެ. ހަމައެހެންމެ ހަކުރު ބަލި ނުޖެހޭ މީހުންނާއި އަޅާބަލާއިރު، ޖެހިފައި ތިބޭ މީހުންނަށް އުމުރުގެ ކުރީކޮޅު ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.
ހަކުރު ބަލި ޖެހޭ މީހުންނަށް ހަކުރު ކެއުން މަދުކުރުމަށް ޑޮކްޓަރުން އިރުޝާދުދޭ އެއް ސަބަބަކީ ހިތުގެ ބައްޔަށް އޮތް ނުރައްކާ ކުޑަކުރުމެވެ.
ހަކުރުބަލި ހުންނަ މީހުން ހިތުގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކެއުމަށާއި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ. އެގޮތުން ކެލޮރީސް ނެގުމުގައި ބެލެންސް އެއް ބެހެެއްޓުމާއި، ކާބޯހައިޑްރޭޓްސް، ފެޓްސް އަފި ޕްރޮޓީންސް ކެއުމުގައި ހިމަނަން ވާނެ އެވެ.
ހަކުރުބަލި ހުންނަ މީހުން ޤަވާއިދުން ކަސްރަތުކުރުމަށް ސަމާލުކަން ދޭން ޖެހޭނެ އެވެ. އޭގެތެރޭގައި އެއިރޮބިކްސް އާއި ޔޯގާވެސް ހިމެނިދާނެ އެވެ.
އަދި މި ހުރިހާ ކަމެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް ބެލުމަކީ ވެސް މުހިއްމު ކަމެކެވެ. އަދި ޤަވާއިދުން ހަކުރު ޓެސްޓު ހެދުމަކީ މުހިއްމު ކަމެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)