އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 18/11/2019

"އަހަންނަކީ ޑިޕްރެޝަން ހުންނަ މީހެއް ނޫން"

ތިރީގައިވާ ލިޔުމަކީ "ޑިޕްރެޝަން ހުރޭތަ؟" މިސުވާލަށް ދީފައިވާ ރައްދެކެވެ. މިއީ މިދިޔަ ހަފްތާގައި ހެދުނު ސާރވޭއަކުން ލިބިފައިވާ ޖަވާބެކެވެ. 
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 18/11/2019

Depression
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަހަންނަކީ ޑިޕްރެޝަން ހުންނަ މީހެއްކަމުގައި އަހަރެންނެއް ގަބޫލެއް ނުކުރަން. އަހަރެންގެ ހަޔާތުގައި ދިމާވާ ހިތާމަވެރި ވަގުތުތަކުގައި އަހަރެންގެ އިހުސާސްތަކަކީ ޑިޕްރެޝަންގެ އަލާމާތެއް ކަމުގައެއް ނުދެކެން. ނަފްސާނީ ބައްޔެއް ތިމާއަށް ނުޖެހޭނޭ ހިތަށް އަރުވައިގެން ގެންގުޅޭ މިވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫންކަންވެސް އަހަރެންނަށް އެނގޭ. ނަމަވެސް މިއީ އަހަރެން އުޅެބޮޑުވި މާހައުލުން އަހަރެން ގައިގައި ހަރުލާފައިވާ ކަންތައްތަކެއް.

6 ފޫޓު އިސްކޮޅުގައި ހުންނަ "ފަލަ" ފިރިހެނަކަށް ވުމުގެ ސަބަބުން މީހުން ބުނޭ ދުވަހަކުވެސް ފިނޑިކަމެއް ހުރެގެންނުވާނެއޭ، އިސް ތިރިކޮށްގެނެއް ނުވާނެއޭ. ދުވަހަކުވެސް ރޮއެގެން ނުވާނެއޭ އަދި ތިމާގެ އެއްވެސް ބަލިކަށިކަމެއް ފެނިގެން ނުވާނެއޭ. އަހަރެންގެ އުމުރުގެ ފުރަތަމަ ކޮޅު އަހަރެން ވަރަށް ގަދަ ޔަށް ރުއިން. ހަދާންވޭ މަންމަ ބުނާ ހަނދާން "ނުބައި ގޮތަކަށް ބަލާލިޔަސް ބަޑިފަޅާގެން ދާނެ މިސޮރުގެ". މިހުރިހާކަމެއް ހުއްޓުން ދުވަސް ވެސް ހަނދާން އެބަހުރި.

އަހަރެން އެދުވަހު ގެޔަށް އައީ އާދައިގެ މަތީން ސުކޫލުގެ ކިޔެވުން ނިންމާފައި. އަހަންނަކީ ކިޔަވާ ހިއްވާ ސުކޫލާ ވެގެން އުޅުނު ކުއްޖެއް. އެދުވަހު ގެޔަށް ވަންނަމުން އަހަރެންނަށް ދޮރު ހުޅުވާލެވުނީ ހުސް ސިޓިންރޫމަކަށާއި ޒުވާބުގެ އަޑަށް. ބައްޕަ ކޮޓަރިން ނުކުމެގެން އައީ ކަންފަތުން ދުން އަރަމުންނޭ ބުންޔަސް ދޮގަކަށް ނުވާނެ. ބައްޕަގެ ރުޅީގެ ދުވެލީގައި އައިސް އަހަރެން ގައިގައި ޖެހިފައި ނުކުމެގެން ދިޔައީ ބައްޕަގެ ގާތް ރަހުމަތްތެރިޔާ "ނިކޮޓިން"ގެ ކައިރިއަށް. 

އަހަރެން ދިޔައީ ރޮމުން ރޮމުން ކޮޓަރިއަށް. އެހެންދުވަސް ތަކެކޭ އެއްގޮތަށް އެދުވަސް ނިމިގެން ދިޔައިރުވެސް އަހަރެން ރުއިން ހަމަޖައްސާކަށް އެކަކުވެސް ނާދެ. އަހަރެން އޮތިން ކޮޓަރީގެ ކަނެއްގައި ދޮރާދިމާލަށް ގެއްލިފައި. ދޮރު ހުޅުވާ މީހަކު އަހަރެން ހޯދަން އާދޭތޯ. އޭރު ބޭރުގައި މީހުން އުޅޭ އަޑު އިވޭ. އަހަރެންގެ ބައްޕަ އަނބުރާ އައި އަޑު އިވުނު. އައިސް މަންމަ އާ ވާހަކަދެއްކި އިރު މީގެ 30 މިނެޓް ކުރިން ރުޅިއައިސް ހުރި ދެމީހުންނޭ ހީވެސްނުވޭ. ދައްތަ އޭނަގެ ޕާޓޭ ރައްޓެހިންނާ ފޯނުގައި އޮވެގެން ވާހަކަދައްކާއަޑުއިވޭ. އެކަމު އަހަރެންގެ ރުއިން އަޑު އިވުނު އެކަކުވެސް އެދުވަހަކު ނެތް. 

އެދުވަހު އަހަރެން ރުއިން ހުއްޓާލައިފިން. މިބުނަނީ އޭގެފަހުން ދުވަހަކުވެސް ފެންކަޅިވެސް ނުވެޔެކޭ ނޫން. އެކަމަކު މިހާރު އަހަރެން ރޮއްވާލަން ބޭނުމިއްޔާ ޖެހޭނީ އަތެއް ފައެއް ބުރިކޮށްލަން.

އަހަރެން ދެކޭގޮތުގައި އަހަރެން ގައިގައި ހުރި ދެރަގޮތް "ޓަފު" ގޮތަކަށް ބަދަލު ކޮށްފިން. ސިގިރޭޓު ބޯ ރުޅިގަދަ ސޮރަކަށް ވެއްޖެ. އަހަރެން ވަރަށް ބޮޑަށް ހިއްދަތި ވެއްޖެނަމަ އަހަރެންގެ ޒިންމާތައް ހަނދާންނެތޭ. އަހަރެންނަކީ މަހުޖަނެއް ނޫންކަން ހަނދާންނެތޭ. އަހަރެން ދަނީ ބޭރަށް، އަތުގަ ހުރި ލާރިތަޅާލައި، ދުމުން ނޭވާ ހޮޅި ފުރާލާ މީހުންގެ ސަމާލުކަން ހޯދަނީ. ރައްޓެހިންނާއި އާއިލާއަށް އަހަރެން މިހިރީ ސަކަރާތްވެފަކަން އަންގަން ކަންތައްތަކެއް ކުރަނީ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އަހަރެން އޮތިން ގައިގައި ބޮކިފަތިތަކެއް އަތުރައިން ކަޓަރު ތިލަޔަކަށް ގެއްލިފަ. އަމިއްލައަކަށް މަރުވާކަށް ނޫން. ގެއްލުމެއް ދޭކަށްވެސް ނޫން. އެތިލައަށް ބެލުމުން ނަފްސަށް ހަމަ ހިމޭންކަން ލިބޭތީ. 

މިހާރު އަސްލު އެކަމާ ދޭތެރޭ ވިސްނާއިރު ހީވޭ އަހަރެން އޮތީ ދޮރު ހުޅުވަންދެންހެން. މިބުނަނީ ހިޔާލީ ދޮރެއްގެ ވާހަކަ. އެދޮރުހުޅުވި އަހަރެން ހޯދަން އާދޭތޯ މިމަޑު ކުރަނީ. އައިސް އަހަރެން ނަގާ ހުރިހާކަމެއް ވެސް ރަނގަޅު ވާނެކަމަށް ބުނޭތޯ މިއޮތީ. އެދޮރު ނުހުޅުވޭތާ ވަރަށް ގިނަދުވަސް ވެއްޖެ. އަހަރެން ރޮއެ ރޮއެ ވަރުބަލިވެސް ވެއްޖެ.

 

ތިބޭފުޅުންގެ ގާތްތިމާގެ މީހުންނާއި ރައްޓެހިންގެ ހާލުބެލުމަކީ މުހިންމުކަމެކެވެ. ރައްޓެއްސަކު ދިމާނުވާތާ ގިނަދުވަސް ވަންޏާ ގުޅާ ހާލުބަލާލާށެވެ. ގާތްތިމާގެ މީހެއްގެ އަޑު ނީވި ގިނަދުވަސް ވާހެން ހީވާނަމަ އެމީހެއް ކައިރިއަށް ޒިޔާރަތްކޮށްލާށެވެ. އެމީހުންނަށް ދޮރު ހުޅުވައިދޭ ފަރާތައް ވާށެވެ.
އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ޑިޕްރެޝަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟
ކެޓެގަރީ ތެދު ވާހަކަ
ފަތާނެ ހިތްވަރެއްވެސް ނެތް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ