އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 05/09/2019

ފަތާނެ ހިތްވަރެއްވެސް ނެތް

އިންސާނަކު ނަފްސާނީ ބަލަތިކާއި ކުރާ ހަނގުރާމަ
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 05/09/2019

Mental Health Depression Anxiety
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ލިޔުންތެރިޔާގެ ބަސް

ނަފްސާނީ ބަލިތަކަކީ އެންމެ ކުރީޒަމާނުއްސުރެ ހުރިހާ މުޖުތަމައެއް ގައިވެސް ފެންނަން ހުރި ބަލިތަކެކެވެ. ނަމަވަސް ރާއްޖޭގައި އަދި ބައިނަލްއަގްވާމީ ފެންވަރެއްގައި މިފަދަ ބަލީގެ ބާވަތެއްގެ ވާހަކަ ދެއްކޭލެއް މަދެވެ. ދުނިޔޭގެ އާބާދީގެ ތެރެއިން ކޮންމެ 7 މީހަކުން 1 (11-18 އިންސައްތަ) ގެ ހަށިގަނޑުގައި ކޮންމެވެސް ނަފްސާނީ ބައްޔެއްހުރެއެވެ. މީގެމާނައަކީ 2017 ވަނަ އަހަރު 1 ބިލިއަން މީހުންނަކީ ކޮންމެވެސް ނަފްސާނީ ބައްޔެއް ޖެހިފައިވާ މީހުންނެވެ. މިހާ ގިނަ ބަޔަކު އެތަކެއް ވައްތަރެއްގެ ނަފްސާނީ ބަލިތައް ތަޙައްމަލް ކުރަމުން އަންނައިރު އެކަމަށް ސަމާލުކަން ނުލިބުމަކީ ހިތާމަހުރިކަމެކެވެ. ވީއިރު މިކަން ބަދަލުކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. ކުރިޔަށް އޮތީ މިދެންނެވި 1 ބިލިއަން މީހުންގެ ތެރެއިން އެކަކުގެ ވާހަކައެވެ. ޝުކުރިއްޔާ.

މީގެ ކުރިން ސިއަޙީ ގޮތުން ދިމާވެފައިވާ މައްސަލަތަކަކީ ކޮބާ؟

އަޅުގަނޑު 2016 ވަނަ އަހަރު ނިމި 2017 ވަނަ އަހަރަށް އެޅިއިރު ފަރުވާކުރަން އުނދާގޫ ޑިޕްރެޝަން، އެންޒައިޓީ ހުރިކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. ޕީ.ޓީ.އެސް.ޑީ ހުރިކަން ޑޮކްޓަރުން ހާމަކުރީ 2018 ވަނަ އަހަރެވެ. ރާއްޖޭގަޔާއި ބެންގަލޫރުގައިވެސް ނަފްސާނީ ބަލިތަކާ ބެހޭ ބައިވަރު ޑޮކްޓަރުންނަށް އަޅުގަނޑު ދެއްކީމެވެ. އަޅުގަނޑުގެ އާއިލާގެ ދެފަރާތުން، ޚާއްސަކޮށް މަންމަގެ ފަރާތުން ނަފްސާނީ ބަލިމަޑުކަން ހުރެއެވެ.

އަޅުގަނޑު ބޭހަށް ދެވިހިފަން ފެށީ މޫޑް ސްޓޭބަލައިޒާ ބޭނުން ކުރަން ފެށުމުންނެވެ. ބޯހަމަޖައްސަން ދުވާލެއްގެ މައްޗަށް 5 ނުނީ 6 ގުޅަ  ނެގެނީއެވެ. މިވަރަށް ބޭސް ނަގަން ޖެހޭތީ ޑޮކްޓަރު އަޅުގަނޑުގެ ޑޯޒް މަތި ކުރީއެވެ. މިފަދައިން ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މީހުން ބޭހަށް ބުރަވެ ދެވިހިފުމަކީ އާންމު ކަމެކަވެ. ސަބަބަކީ މި ބައްޔަކީ ގިނަދުވަސް ތަކެއް ވަންދެން ތަޙައްމަލް ކުރަންޖެހޭ ބައްޔަކަށް ވާތީއެވެ. މި ބޭސްތަކަކީ ސަރުކާރުން ކޮންޓްރޯލްވެސް ކޮށްފައިވާ ބޭސް ތަކެކެވެ. 

ރާއްޖޭގައި އޮންނަނީ ނަފްސާނީބަލިތަކަށް ފަރުވާދިނުމާ ދޭތެރޭ ވަރަށް ކުރީގެ ވިސްނުމެކެވެ. އަޅުގަނޑުގެ އާއިލާ މީހެއް ދެއްކި ބޭރު ޑޮކްޓަރެއްވެސް އޭނަގެ ބޭސް ސިޓީ ބަލާލާފައި ބުނީ ހަމަ މިހެންނެވެ. އަޅުގަނޑަށް ވެސް ހީވަނީ އެއީ އަސްލުވެސް ރާއްޖޭގެ ހާލަތުހެންނެވެ. ތެރެޕީގެ ބޭނުންކޮށްގެން ފަރުވާދޭ ދިނުމެއް ރާއްޖޭގައި އިސްކަމެއް ނުދެއެވެ. މިފަދަ ފަރުވާ އަކީ ބަލިމީހާއަށް ވަރަށް ފައިދާހުރި ފަރުވާއެކެވެ. ބޭސްކައިގެން ހަމައެކަނި ހައްލެއް ހޯދުމުގެ ބަދަލުގައި މިބައްޔަށް އަސަރުކުރާ ބައިވަރު ކަންތައްތައް ހުރެއެވެ. އެހެންނަމަވެސް ތެރަޕީތަށް ކުރިއަށް ގެންދާނޭ ފެންވަރުގެ ތެރަޕިސްޓުން ވެސް ރާއްޖެއަކު ނެތެވެ.

ހޮލިސްޓިކް ފަރުވާއަކީ ކޮބާ؟

 

ސީދާ ދަންނަވާލާނަމަ އެއީ ބަލީގެ ސަބަބުން ދިމާވާ އަސަރުތަކަށް ބޭހުގެ އިތުރުން ނަފްސާނީ، އިޖްތިމާއީ އަދި ޖިސްމާނީ ކަންތައް އެކުލަވައިގެން ކުރެވޭފަރުވާއެވެ. މީގެ މާނަ އަކީ ތިމާ އުޅޭ އިޖްތިމާއީ ހާލަތުގެ ސަބަބުން ނުވަތަ، އުޅެބޮޑުވި ތަނުގެ ސަބަބުން ބަދަލުތަކެއް ފެންނާނޭ ވާހަކައެވެ. ނޫނީ ކާން ލީބޭ މިންވަރުގެ ސަބަބުން ސިކުނޑީގައި އުފެދެން ޖެހޭ ބައިތައް ނުއުފެދުނީމަ ކަމުގައިވެސް ވެދާނެއެވެ. މިގޮތަށް ނަފްސާނީ ބަލިތަކަށް ބަދަލު ގެނުވައިދޭ ބައިވަރު ކަންތައްތަކެއް ވެއެވެ. ވީއިރު މިކަންތައްތަކަކީ ކޮބައިކަމާ ބެހޭގޮތުން މައުލޫމާތު ހޯދުން މުހިންމެވެ.

ނަފްސާނީބަލިތަކާ ދޭތެރޭ މުޖްތަމައު ދޭކޭގްބަދަލުވެ، ހެޔޮބަދަލެއް އާދޭހެއްޔެވެ؟

ނިމިގެން ދިޔަ ދެއަހަރާ އަޅާކިޔައިފިނަމަ އަޅުގަނޑުމެންގެ މުޖްތަމައު ކުރިއަރައިފިއެވެ. މީހުން މިބަލިތައް ދެނެގަންނަން މަސައްކަތް ކުރާތީއާއި ރުހުމުގެ ލޮލަކުން ދެކޭތީ އަޅުގަނޑު އުފާކުރަމެވެ. އަސްލު ހުންންޖެހޭ ހިސާބަށްވުރެ ފަހަތުގައި ހުރިނަމަވެސް ކުރިއަށް ދިއުން ނުދިއުމަށް ވުރެ ރަނގަޅުތާއެވެ. އަޅުގަނޑުގެ އުންމީދަކީ ނަފްސާނީ ބަލިތަކަކީ ސީރިއަސް ބަލިތަކެއް ކަމަށް ކޮންމެ މީހަކުވެސް ދެކުމެވެ. 

ޑިޕްރެޝަންއަކީ ނުކުޅެދުމާ ބަލިމަޑުކަމުގެ މައިގަނޑު ސަބަބުކަމަށް ދުނިޔޭގެ ސިއްޙަތާއިބެހޭ ޖަމިއްޔާއިން ބުނެއެވެ. އަޅުގަނޑުމެންނަށް ބޭނުމީ ގިނަ އަދަދެއްގެ ސައިކިއޭޓްރިސްޓުންނެވެ. މިހާރު ރާއްޖޭގައި ހުރީ ރަނގަޅު ދެ ޑޮކްޓަރުންނެވެ. އަދި އަޅުގަނޑުގެ ތަޖުރިބާއިންނަމަ ރަނގަޅު 1 ސައިކޮލޮޖިސްޓެކެވެ. މިބޭފުޅުންނާއެކު އެޕޮއިންޓްމެންޓް އެއް ހެދުމަކީ ވަރަށް އުނދަގޫކަމެކެވެ. ބައެއް ފަހަރު މަހެއް ދެމަސް ވަންދެން ބުކް ވެފައިހުރެވެއެވެ. އެހާގިނަދުވަހު ޑޮކްޓަރަށް ދައްކަން މަޑުކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ވާނޭކަމެއް ނޫނެވެ. ވީއިރު ނަފްސާނީ ބަލިތަކާބެހޭ ޑޮކްޓަރުން މި ގައުމަށް ވަރަށް ބޭނުންތެރިއެވެ. އިތުރުވަމުން އަންނަ ޑިމާންޑް އާއި އެއްވަރަށް ޑޮކްޓަރުން ހަމަ ކުރުން ވަރަށް މުހިންމެވެ.

ކުރިމަގުގައި ކުރަން ބޭނުންވާ ކަންތައްތަކަކީ ކޮބާ؟

އަޅުގަނޑު ބޭނުމީ އެބްނޯމަލް ސައިކޮލޮޖީ އަދި ބިހޭވިއޮރިޒަމް ކިޔަވައިގެން ޕްރޮފޭސަރއަކަށް ވާށެވެ. އަޅުގަނޑު ބޭނުންވަނީ ގިނަ ޑޮކްޓަރުން ތަކަކަށް ފަސޭހައިން ފޯރާ ގޮތަށް ރަނގަޅު ފަރުވާތަކެއް ލިބި ބަލިމީހާއަށް ލުއިކަމެއް ލިބޭނޭ ނިޒާމެއް ގާއިމް ކުރާށެވެ. ކުރުކޮށް ދަންނަވާނަމަ އަޅުގަނޑު އުޅެންޖެހުނު ހާލަތުން ސަލާމަތްވާނޭ ގޮތެއް އެންމެންނަށްވެސް ފޯރުކޮށްދޭށެވެ. ތެދު ތެދަށް ބުނާނަމަ މިގައުމުގައި މިހާރު އޮންނަ ގޮތަކީ ނަފްސާނީ ގޮތުން މީހާ ވަރުބަލި ކުރުވާ ކަމެކެވެ. އެކަކުވެސް ބައްޔަކަށް ފަރުވާ ހޯދަން އުޅެން ޖެހޭނެ ހާލެއް ނޫނެވެ.

ތިބާދެކޭ ގޮތުގައި ޑިޕްރެޝަން އަކީ ކޮބާ؟

ޑިޕްރެޝަން އަކީ ތިމާ އަޑިއަށް ގަންބާލާ ބަރެކެވެ. ނޭވާލުމަށްޓަކާ އަބަދު ފަތަން މަޖުބޫރުކުރުވާ ބައްޔެކެވެ. ފަތަން ވަރުބަލި ވުމުން މިހާބުރަ އުފުލުމަކީ ކުރެވޭނެ ކަމެއްތޯ އަމިއްލަ މީހާއާއި ސުވާލުކުރެވެއެވެ. ގެބުން މީ އެންމެ ރަނގަޅު ގޮތްހެން ހީވާފަހަރު ވެސް އާދެއެވެ. ކޮންމެދުވަހަކީ ހަނގުރާމައެކެވެ. އެންމެ އާދައިގެ ކަންތަށް ކުރުމަށް ނަފްސާ ޝަކުވާ ކުރެވެއެވެ. ބައެއް ފަހަރު އަޅުގަނޑަށް ފެން ނުވެރި އެނދުން ނުތެދުވެވި ރަނގަޅަށް ނުކެވި ދުވަސް ތަކެއް ފާއިތުވެގެންދެއެވެ. އިހުސާސްކުރެވެނީ ތާށި ވެފައި ހުރެވެނީހެނެވެ. ދެންހުރި މީހުން އަބަދުވެސް އުފަލުގާ މަޖާ ކުރާ އިރެވެ. އެއީ ވަރަށް ވެސް ހިތި އިހުސާސްތަކެކެވެ. ޖިސްމާނީގޮތުން ވަރުބަލިވެ ހަދާންނެތެން މެދުވެރިވާ ކަމެކެވެ.

ކިޔުންތެރިންގެ ސަމާލުކަމަށް: މިލިޔެމުގައިވާ މައުލޫމާތުތަކަކީ އިންޓެވިއު ދެއްވި ފަރާތުގެ ޚިޔާލުތަކެވެ. ވެބްސައިޓް ނުވަތަ ލިޔުންތެރިޔާގެ ޚިޔާލެއްނޫނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ޑިޕްރެޝަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ