އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/03/2020

ސްމާޓް ފޯނުގެ ސަބަބުން ބޮލުގެ ރިހުން ވާނީ އިތުރަށް ގޯސް: ދިރާސާ

"އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސު" (އެއިމްސް) ގެ ރިސާޗަރުން ތަކެއް ދާދިފަހުން ހެދި ދިރާސާއެއްގައި ދައްކާގޮތުން ސްމާޓްފޯނަކީ އޭގެ ސަބަބުން ބޮލުގެ ރިހުން އިތުރަށް ގޯސްކުރުވާ އެއްޗެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/03/2020

Research
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޒަމާނާއެކު އިންސާނުންގެ ދިރިއުޅުމަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ގޭގައި ހިފާގެންގުޅޭ ސާމާނުން ފެށިގެން އިންސާނާގެ ސިކުނޑި އާއި ހަމަޔަށްވެސް މިހާރުވަނީ ޓެކްނޮލޮޖީގެ އަސަރުކޮށްފައެވެ. 

އޭގެތެރޭގައިވެސް ދުނިޔެ ކުޑަކޮށްލަދިން އެއް ވަސީލަތަކީ ސްމާޓް ފޯނެވެ. އަހަރެމެންގެ ތެރޭގައި އެންމެފަހުގެ ސްމާޓުފޯނެއް ނުގެންގުޅޭ މީހަކު މިހާރު މަދުވާނެ އެވެ. ބައެއް މީހުންނަކީ ނިދާ ވަގުތު ނޫނީ ހުރިހާ ވަގުތެއް މިފަދަ ފޯނުތަކާއެކު ހޭދަކުރާ މީހުންނެވެ. 

ސްމާޓް ފޯނުން ލިބޭ ފައިދާ އާއި އެއްވަރަށް ލިބޭ ގެއްލުންތައްވެސް ބޮޑެވެ. ހާއްސަކޮށް ކޮންމެ އެއްޗަކީވެސް އެއެއްޗެއް ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ބޭނުންކޮށްފިނަމަ އޭގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރުވާނޭ ފަދަ އެއްޗެކެވެ. ސްމާޓްފޯނަކީ ވެސް މިފަދަ އެއްޗެކެވެ. 

"އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސު" (އެއިމްސް) ގެ ރިސާޗަރުން ތަކެއް ދާދިފަހުން ހެދި ދިރާސާއެއްގައި ދައްކާގޮތުން ސްމާޓްފޯނަކީ އޭގެ ސަބަބުން ބޮލުގެ ރިހުން އިތުރަށް ގޯސްކުރުވާ އެއްޗެކެވެ. ހާއްސަކޮށް ސްމާޓްފޯނު ބޭނުންކުރާ މީހުންގެ ތެރެއިން އާއްމު ބޮލުގެ ރިހުމާއި މައިގްރެއިން ތަހައްމަލްކުރަމުންދާ މީހުންނަކީ ރިހުން ކުޑަކުރުމަށް ތަދުކަނޑުވާ ބޭސް ބޭނުންކުރާ މީހުންކަމަށް ދިރާސާކުރި ފަރާތްތަކުން ވަނީ ބުނެފަ އެވެ.

"ނިއުރޮލޮޖީ" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިސާޗަރުން ހަދާފައި ވަނީ ޖުމްލަ 400 މީހުން ބޭނުންކޮށްގެންނެވެ. އޭގެތެރޭގައި މައިގްރެއިން، ޓެންޝަނުގެ ސަބަބުން ބޮލުގައި ރިއްސުން އަދި ތަފާތު އެކި ސަބަބުތަކާއި ގުޅިގެން ބޮލުގައި ރިއްސުން ތަހައްމަލްކުރާ މީހުން ހިމެނެ އެވެ.

އަދި އެމީހުންގެ ތެރެއިން 206 މީހުންނަކީ ސްމާޓްފޯނު ބޭނުންކުރާ މީހުންނަށް ވާއިރު އަނެއް 194 މީހުންނަކީ ސްމާޓްފޯނު ބޭނުންނުކުރާ މީހުންނެވެ. މި މީހުންނަކީ ފޯނުގެ ބަދަލުގައި ފޮތްކިޔުމާއި އެހެން ހަރަކާތްތަކުގައި ގިނަ ވަގުތު ހޭދަކުރާ މީހުންނެވެ.

ސްމާޓް ފޯނުން ލިބޭ ފައިދާ އާއި އެއްވަރަށް ލިބޭ ގެއްލުންތައްވެސް ބޮޑު

ދިރާސާގެ ނަތީޖާ

އިންޑިޔާގެ މި ރިސާޗަރުން ހެދި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި ސްމާޓްފޯނު ބޭނުން ނުކުރާ މީހުންނަށް ވުރެ ފޯނު ބޭނުންކުރާ މީހުން ބޮލުގެ ރިހުން ކުޑަކުރުމަށް ބޭސް ކާ މިންވަރު އިތުރެވެ. އެގޮތުން ސްމާޓް ފޯނު ބޭނުންކުރާ މީހުން ބޮލުގެ ރިހުން ކެނޑުވުމަށް މަހެއްގެ މައްޗަށް 8 ގުޅަ ތަދުކަނޑުވާ ބޭސް ކާއިރު، ސްމާޓް ފޯނު ބޭނުންނުކުރާ މީހުން ކަނީ މަހެއްގެ މައްޗަށް އޭގެ 5 ގުޅައެވެ.

އަދި ދިރާސާ ހެދި މީހުންގެ ތެރެއިން ސްމާޓް ފޯނު ބޭނުންނުކުރާ 84 އިންސައްތަ މީހުން އެމީހުންގެ ބޮލުގެ ރިހުން ކުޑަކުރުމަށް ބޭސްކާއިރު، ސްމާޓް ފޯނު ބޭނުންކުރާ މީހުންގެ އިންސައްތަ އުޅެނީ 94 ގައެވެ.

ދާދިފަހުން އާއްމުކުރި ދިރާސާގެ ލިޔުންތެރިޔާ ދީޕްތީ ވިބާ ބުނިގޮތުގައި ސްމާޓް ފޯނު ގިނައިން ގެންގުޅުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑުން މިފަދަ ނޭދެވޭ އަލާމާތްތައް ފެންނަވަރު އިތުރެވެ. އަދި ހާއްސަކޮށް އެންމެ އާއްމުކޮށް ފެންނަ އެއް އަލާމާތަކީ ބޮލުގައި ރިއްސުންކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

މި ދިރާސާއިން ބޮލުގައި ރިއްސުމަކީ ސީދާ ސްމާޓްފޯނުގެ ސަބަބުން ދިމާވާކަމެއް ކަމަށް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ބޮލުގައި ރިހުމާއި ސްމާޓް ފޯނާއި ގުޅުންތަކެއް ވާކަން ދިރާސާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ