އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/12/2019

މިއަދަކީ ބައިނަލްއަޤްވާމީ އެއިޑްސް ބަލީގެ ދުވަސް

މިއަހަރުގެ ބައިނަލްއަޤްވާމީ އެއިޑްސް ބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި ކަނޑައަޅާފައިވާ ޝިއާރަކީ "ކޮމިއުނިޓިސް މޭކް ދަ ޑިފަރެންސް" އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/12/2019

AIDS HIV
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އެއިޑްސް ބަލީގެ ދުވަހެވެ. 1988 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 1 ވަނަ ދުވަސް ބައިނަލްއަޤްވާމީ އެއިޑްސް ބަލީގެ ދުވަހުގެ ގޮތުގައި ދަނީ ފާހަގަކުރަމުންނެވެ. 

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ މިއަދު މުޅި ދުނިޔެ އެއްކޮށް މި ނުރައްކާތެރި ބައްޔާއި ދެކޮޅަށް އަޑުއުފުލާ އަދި މި ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުވުމުގެ އިތުރުން މި ބަލި ތަހައްމަލް ކުރަމުންދާ މީހުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އެއިޑްސް ބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް ޕްރޮގްރާމްސް އޮން އެޗްއައިވީ އެންޑް އެއިޑްސް (ޔޫއެންއެއިޑްސް) އިން ކަނޑައަޅާފައިވާ ޝިއާރަކީ "ކޮމިއުނިޓިސް މޭކް ދަ ޑިފަރެންސް" އެވެ. މިއަހަރުގެ ޝިއާރު އަމާޒުކޮށްފައިވަނީ އެއިޑްސްބަލި ކޮންޓްރޯލް ކުރުމަށާއި، އަދި ހޭލުންތެރިކުރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގަ އާއި އަދި ޤައުމީ ފެންވަރުގައި މުޖުތަމައުތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށެވެ.

އެއިޑްސް ބަލީގެ ތާރީހަށް ބަލާލާނަމަ، މި ކުޑަކުޑަ ރާއްޖެވެސް ދަނީ ކޮންމެވެސް މިންވަރަކަށް މި ބަލީގެ ނުރައްކާ ތަހައްމަލް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ މި ކުޑަކުޑަ އާބާދީގެ ތެރެއިން މަދު ބަޔަކު މި ބަލި ތަހައްމަލް ކުރަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ޔޫއެންއެއިޑްސްއިން މީގެކުރިން ބުނެފައިވާގޮތުން ރާއްޖޭގައި އެއިޑްސްބަލި ޖެހިފައިވާ 100އަށް ވުރެ ގިނަ މީހުން އުޅުން އެކަށީގެން ވެއެވެ.  އަދި ކުރިއަށް އޮތްތަނުގައި މި ބައްޔާއި މެދު އިތުރަށް ހޭލުންތެރިނުވެއްޖެ ނަމަ މި ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އެބައޮތެވެ. 

އެއިޑްސް ބަލި ޖެހުމަށް މެދުވެރިވަނީ ރައްކާތެރިކަމެއްނެތި ހިންގާ ޖިންސީ ގުޅުމުގެ އިތުރުން އެއް ސިރިންޖެއް އެތައް ފަހަރަކު ބޭނުންކުރުން ފަދަ ކަންކަމުންނެވެ. އެގޮތުން ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާމީހުން އިތުރުވުމާއި އަދި ބިދޭސީން އިތުރުވުމަކީވެސް މި ބައްޔަށް ހުށަހެޅިގެންދާނޭ ކަމެކެވެ.

2016 ވަނަ ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބައިނަލްއަޤްވާމީ އެއިޑްސް ބަލީގެ ދުވަހަށް އަމާޒުކޮށް ވަނީ މަސައްކަތަށް އަންނަ ބިދޭސީންގެ މެޑިކަލް ޗެކަޕް ހަދާފަ އެވެ. އަދި އެ އަހަރު އެޗްޕީއޭ އިން ހިންގި މި ހަރަކާތުން އެކަނިވެސް 350 އަށްވުރެ ގިނަ ބިދޭސީންގެ ގައިން އެޗްއައިވީ ފެނިގެން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފަ އެވެ. މީގެއިތުރުން 2016 ވަނަ އަހަރު އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި 1991 ވަނަ އަހަރުން ފެށިގެން 2015ގެ ނިޔަލަށް 23 މީހަކަށް އެއިޑްސް ޖެހި 12 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ. 

ދުނިޔޭގެ ނިސްބަތުން ބަލާނަމަ 2018 ވަނަ އަހަރުގައި އެކަނިވެސް އެޗްއައިވީ ވައިރަސް އަށް 1،700،000 (އެއް މިލޔަން ހަތްސަތޭކަ ހާސް) މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އެ އަހަރުގައި އެކަނިވެސް އެއިޑްސް ބަލީގައި 770،000 (ހަތް ލައްކަ ހަތްދިހަ ހާސް) މީހުން ވަނީ މަރުވެފަ އެވެ.

 ދުނިޔޭގައި އެއިޑްސް ބަލި ތަހައްމަލްކުރަމުންދާ 37.9 ބިލިޔަން މީހުން އުޅެމުންދާއިރު، އޭގެތެރެއިން 79 އިންސައްތަ މީހުން މި ބައްޔަށް ޓެސްޓް ކުރެވިފައިވާކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަނި ބުނެފަ އެވެ. އަދި 62 އިންސައްތަ މީހުންނަށް ފަރުވާދޭން ފަށާފައިވާއިރު، އޭގެތެރެއިން 53 އިންސައްތަ މީހުންނަށް ފަރުވަލިބި އެމީހުންގެ ފަރާތުން އެހެން ބަޔަކަށް މި ބަލި ފެތުރިދާނެ ކަމުގެ ރިސްކް ކުޑަކުރެވިފައިވާ ކަމަށްވެސް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ