އަނގައިގެ ސާފްތާހިރުކަމަކީ ނަފްސުގެ ސާފްތާހިރުކަމުގެ މައިގަނޑު ބައެކެވެ. އަނގަ ސާފުކުރުމުގެ ސަބަބުން އަނގައިގެ އިންފެކްޝަން އަދި ބަލިތަކުގެ އިތުރުން ހަށިގަނޑުގެ އެހެން ބައިތަކުގެ ބަލިތަކުން ވެސް ސަލާމަތްވެއެވެ. "ޖާރނަލް އޮފް އިންޑިއަން ސޮސައިޓީ އޮފް ޕީރިއޮޑޮންޓޮލޮޖީ" ކިޔާ 2010 ގައި ޗާޕު ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި ހިރުގަނޑުގެ ބަލިތަކުގެ ސަބަބުން އެމީހަކަށް ހިތުގެ ބަލިޖެހުމުގެ ފުރުސަތު 20 އިންސައްތަ އިތުރުވެގެންދެއެވެ. އޭގެއިތުރުން ސައިންސްވެރިން ވަނީ ދަތް ވެއްޓުމާ ހިރުގަނޑުގެ މައްސަލަތައް ސްޓްރޯކް ޖެހުމާ ގުޅިފައިވާކަމަށް ބުނެފައެވެ.
ފަހުގެ ދިރާސާއަކުން ދައްކާގޮތުނެ އާންމުކޮށް އަނގައިގައި ހުންނަ ޖަރާސީމު ސްޓްރޯކް ޖެހިފައި ހުންނަ މީހުންގެ ސިކުނޑިން ފެނެއެވެ. ފިންލެންޑް އަށް ނިސްބަތްވާ މި ސައިންސްވެރިންގެ ޓީމުން މިބުރާސްފަތި ދުވަހު ނެރުނު ފޮތެއް ކަމަށްވާ "ޖަރނަލް އޮފް ދަ އެމެރިކަން ހާރޓް އެސޯސިއޭޝަން" ގައި އެމީހުން ވަނީ 75 ސްޓްރޯކް ޕޭޝަންޓުންގެ ބޮލުން ނެގިފައިވާ ގަނޑުލޭގައި ޖަރާސީމު ހުރިތޯބަލާފައެވެ. މި ޓެސްޓް ތަކުން އެނގޭގޮތުގައި 84 އިންސައްތަ ނުވަތަ 63 މީހުންގެ ގަނޑު ލޭގައި ޖަރާސީމުގެ ޑީ.އެން.އޭ ފެންނަން ހުއްޓެވެ. އޭގެ ތެރެއިން 59 މީހުންގެ ފެންނަން ހުރީ "ސްޓްރެޕްޓޮކޮކީ" ކިޔާ ބާވަތެކެވެ. މިއީ އާންމު ކޮށް އަނގައިން ފެންނަ ލޭގެ ތެރެއަށް ފާޅުވެއްޖެނަމަ އިންފެކްޝަން އުފެދޭ ބާވަތެކެވެ.
ޖަރނަލް ސައިންސް އެޑްވާންސް ގައި ޝާއިޢު ކުރެވިފައިވާ އެހެން ދިރާސާއަކުން ދައްކާގޮތުގައި، އަނގައިން އާންމުކޮށް ފެންނަ ބައެއް ޖަރާސީމަކީ ޓޮކްސިން ބޭރުކުރާ ޖަރާސީމެވެ. އަދި އެ ޓޮކްސިންތައް ސިކުނޑިއަށް ފޯރުމުން "އަލްޒައިމާރސް" ބައްޔަށް މަގުފަހިވާކަމަށް ވެއެވެ.
"ގާތްގަނޑަކަސް 24 އަނގައިގެ ޖަރާސީމުގެ ބާވަތްތަކުގެ ސަބަބުން ހަށިގަނޑުގެ އެހެން ހިސާބުތަކަށް ބަލިޖެހޭ" ޖޯންސަން އެންޑް ޖޯންސަން ގެ ރިސާރޗް މެނޭޖަރެއް ކަމަށްވާ ޓާރާ ފޯރް ވިދާޅުވެއެވެ.
މިފަދަ ދިރާސާތަކުގެ ނަތީޖާއިން އަނގައިގެ ޖަރާސީމުގެ ސަބަބުން ސިކުނޑިއަށް އަދި ލެޔަށް އަސަރުތަކެއް ކުރާކަމަށް ފެނިގެންދާއިރު ބިރު އިހުސާސް ވީނަމަވެސް މިކަންތައް ތަކުން ވަރަށް ފަސޭހައިން ސަލާމަތްވެވޭނެ ކަންތައްތަކެވެ. އޭގެން ގިނަ ކަންތައްތަކަކީ އަޅުގަނޑުމެންގެ މަންމަ މެން އަބަދުވެސް ނަސޭހަތްތެރިވަމުން އަންނަ ކަންތައް ތަކެކެވެ. އެންމެ ފުރަތަމަ ކަމަކީ ދަތް އުނގުޅާއިރު އަދި ފްލޮސް ކުރާއިރު ރަނގަޅަށް 2 މިނަޓް ވަންދެން އެކަން ކުރުމެވެ. އަނގަދޮންނަ ކެމިކަލް އަބަދު ބޭނުން ނުކުރުމަށް ސައިންސް ވެރިން ނަސޭހަތްތެރިވެއެވެ. ސަބަބަކީ މާގިނައިން ބޭނުންކުރާނަމަ ރަނގަޅު ޖަރާސީމް އުފެދުމަށް ބުރު އަޅާ ހޯދަން ބޭނުންވާ ނަތީޖާގެ އިދިކޮޅު ހާސިލްވާތީއެވެ. މީގެ އިތުރުން ކައިނިމިގެންވެސް މައުތު ވޮށުގެ ބަދަލުގައި ފެނުން އަނގަދޮވެލުން ރަނގަޅެވެ. އެންމެ މުހިންމު ކަމަކީ ގިނައިން ތަރުކާރީ އާ މޭވާކެއުމެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)