އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 10/10/2020

ގޭގައި މަސައްކަތް ކުރަން ޖެހުމުން މައިބަދައިގެ ރިހުން ދެގުނަ އަށް؟ މިއޮތީ ހައްލު!

މިދުވަސްވަރު ގޭގައި ގިނަ ވަގުތު ލެޕްޓޮޕް ހިފައިގެން އެނދުމަތީ ނުވަތަ ސޯފާގައި އިންނަން ޖެހުމުން މައިބަދައިގެ ރިހުން އިތުރުވާކަމަށް ގިނަ ބަޔަކު ޝަކުވާ ކުރެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 10/10/2020

Research
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ލޮކްޑައުން އާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ކާވަގުތުން ފެށިގެން ނިދާ ވަގުތު އަދި މަސައްކަތް ކުރާ މާހައުލަށް ވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ދިރިއުޅުމަށް ކުއްލިއަކަށް މި އައި ގިނަ ބަދަލުތަކަކީ ގިނަ ބަޔަކާއި ބީރައްޓެހި ބަދަލުތަކެއް ވެސް މެއެވެ.

ހާއްސަކޮށް އޮފީހުގައި ކުރަމުންދިޔަ މަސައްކަތްތައް ގެއަށް ބަދަލުކޮށް ގޭގައި ކުރުމަކީ، ވަރަށް ފަސޭހަކަމެއް ނަމަވެސް ހަގީގަތުގައި މިއީ ވަރަށް އުނދަގޫ ކަމެކެވެ. ކުރުގޮތަކަށް ބުނާނަމަ އަބަދު ކޮޓަރީގައި ނިދާ މީހަކު ކުއްލިއަަކަށް ސިޓިންގރޫމް ސޯފާގައި ނިދަން ޖެހުމުން ވާފަދަ އުނދަގުލެއް މިކަމުންވެސް ކުރިމަތިވެއެވެ.

އެންމެ ފުރަތަމަ ކަމަކަށް ގެއަކީ އޮފީހަށް ފަހު އައިސް އަރާމުކޮށްލާ އާއިލާ އާއެކު ވަގުތު ހޭދަކުރާ ގެދޮރަށް ވުމުން އެތަނުގައި އޮފީސް މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ. 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން ނިދުމުގެ ވަގުތުތަކަށްވެސް ގިނަ ބަދަލުތަކެއް އާދެއެވެ. އަދި އެ ލޮޑު ކަމާއެކު ގިނަ ވަގުތު ލެޕްޓޮޕް ހިފައިގެން އެނދުމަތީ ނުވަތަ ސޯފާގައި އިންނަން ޖެހުމުން މައިބަދައިގެ ރިހުން އިތުރުވާކަމަށް ގިނަ ބަޔަކު ޝަކުވާ ކުރެއެވެ.

މި ޝަކުވާތަކަށް ޖަވާބުދެއްވާފައި ވަނީ ނިއު ދިއްލީގެ ގަންގާ ރާމް ހޮސްޕިޓަލުގެ ނިއުރޯސާރޖަންއެއް ކަމަށްވާ ޑރ. ސަތްނަމް ސިންހް އެވެ.

މައިބަދައިގެ ރިހުން އިތުރުވަނީ ގޭގައި މަސައްކަތް ކުރާއިރު އަހަރެމެންނަށް ހެދޭ ކޮން ގޯހަކުން؟

އާންމުކޮށް ގޭގައި މަސައްކަތް ކުރާއިރު އޮފީސް މަސައްކަތް ކުރުމަށް ވަކި ޖާގައެއް ފަރުމާކޮށްފައި ހުންނަނީ ވަރަށް މަދު ގެއެއްގަ އެވެ. އަދި މި ހުރިހާ ކަމަކާއެކު މައިބަދައިގެ ރިހުން އިތުރުވުމަށް ދިމާވަނީ އަހަރެމެންގެ ލައިފްސްޓައިލަށް އަންނަ ބަދަލާއި އަދި އިށީންދެގެން އިނދެވޭ ގޮތްތަކުގެ ސަބަބުންނެވެ.

މައިބަދައިގައި ރިހުމަށް މެދުވެރިވާ އެންމެ މައިގަނޑު އެއް ސަބަބަކީ ހަރަކާތްތެރިވެ އުޅުން މަދުވުމެވެ. އެގޮތުން އެއްވެސް ކަސްރަތެއް ނުކޮށް ގިނަ ވަގުތު އޮށޯވެގެން ނުވަތަ އިށީންދެގެން އިނުމަކީ ދިގު މުއްދަތަކަށް މައިބަދައަށް އެކަމުގެ ނޭދެވޭ އަސަރުކުރާވާނޭ ކަމެކެވެ. ހާއްސަކޮށް ލެޕްޓޮޕުން އޮށޯވެ އޮވެގެން މަސައްކަތްކުރާ މީހުންނަށް މައިބަދައިގެ ރިހުން ކުރިމަތިވާވަރު އިތުރެވެ.

މިގޮތަށް އޮށޯވެގެން އަދި އިށީންދެގެން މަސައްކަތް ކުރާނަމަ ބުރަކަށީގެ މަސްތަކަށް އަދި މައިބަދައިގައި އުފެދިފައި ހުންނަ ޑިސްކްތަކަށް ޕްރެޝަރު ބޮޑުވެއެވެ. ނަތީޖާއަކަށް ވަނީ މައިބަދައިގެ ލިގަމެންޓްސްތައް ސްޓްރެޗްވެ، މައިބަދައިގެ ޑިސްކްތައް ހަލާކުވެ، ގަދަތަށް ރިހުމަށް މެދުވެރިވާ ކަމެކެވެ. މިކަންކަމުން ދުރުވުމަށްޓަކައި ކޮންމެ ދުވަހަކު އިށީންދެގެން އިންނައިރުވެސް ކުޑަކޮށް ގުދުވެލާ ލުއި ކަސްރަތެއް ކުރެވިދާނެ އެވެ.

ބުރަކަށީގެ މަސްތައް ސްޓިފްވުމަށް އޮތް ހައްލަކީ ކޮބާ؟

އެތައް އަހަރެއް ވަންދެން ހެލިފެލިވެ އުޅުމަށްފަހު ކުއްލިއަކަށް ދެތިން މަހަށް އެއްވެސް ކަސްރަތެއް ނެތ ގޭގައި ބަންދުވުމަކީ ކޮންމެ މީހެއްގެ ވެސް ސިއްހަތަށް ހާއްސަކޮށް މައިބަދައިގެ ދުޅަހެޔޮކަމަށް އަސަރުކުރުވާ ކަމެކެވެ. ތަފާތުު ގޮތްގޮތަށް އިށީންދެ އަދި އޮށޯވެ އޮޮވެގެން މަސައްކަތް ކުރުމާއި އަދި ހަރަކާތްތެރިވެ އުޅުން މަދުވުމަކީ ބުރަކަށީގެ މަސްތައް ސްޓިފްވުމަށް މެދުވެރިވާ ކަމެކެވެ.

ބުރަކަށީގެ މަސްތައް ސްޓިފްވުމުން ދުރުވުމަށް ވެސް އޮތް އެންމެ ބޮޑު ހައްލަކީ ކަސްރަތު ކުރުމެވެ. މީގެތެރޭގައި ސްޓްރެޗިން ކަސްރަތަކީ މިކަމުން ދުރުކޮށްދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަސްރަތެެކެވެ.

އާންމުކޮށް ގޭތެރޭގައި މަސައްކަތްކޮށް ނޫލޭ ވަރަށް ކުރަން ޖެހުން. ބުރަކައްޓާއި މައިބަދަ ދުޅަހެޔޮކޮށް ބަހައްޓާނީ ކިހިނެތް؟

ދިވެހިންގެ ތެރޭގައި ގިނަ މީހުންނަކީ އޮފީހުގެ މަސައްކަތަށް ފަހު ގޭތެރޭގެ މަސައްކަތް ކުރާ މީހުން ވިޔަސް، މިއަށްވުރެ ދިރިއުޅުން ފަސޭހަ މީހުންވެސް އުޅެއެވެ. އެހެންކަމުން ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން އާއިލާއާއެކު ވަގުތު ހޭދަކޮށް އާއިލާއަށް އަތްގާތްކޮށްދީ ފަސޭހަކޮށްދިނުމަށް ހޭދަކުރާ ވަގުތު އިތުރުވެއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ކުރީގެ ކލައިފްސްޓައިލަށް ވުރެ ލޮކްޑައުންގެ ދުވަސްތައް ބައެއް މީހުންނަށް މާ ބުރަ ދުވަސްތަކަކަށް ވެއެވެ. އެހެންކަމުން ގޭތެރޭގައި މަސައްކަތް ކުރިމަވެސް ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެވިދާނެ އެވެ.

1. ކުއްލިއަކަށް ގުދުވެ، ނުވަތަ އެނބުރި ނުހެދުން

2. ހިނގުމާއި އަދި ކަސްރަތުކުރުން ހުއްޓާނުލުން

3. މަސައްކަތުން ދޭތެރެއަކުން ބްރޭކެއް ނެގުން

4. ރަނގަޅު ދުޅަހެޔޮ ކާނާ ހިމެނޭ ޑައިޓެއް ގެންގުޅުން އަދި މާބޮޑަށް ބަރުދަން އިތުރުވުމުން ރައްކާތެރިވުން

5. ކޮންމެދުވަހަކު ވެސް އިރުގެއަލި ލިބުން. އިރުގެ އަލިން ވިޓަމިން ޑީ ހަށިގަނޑަށް ލިބޭ

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ