އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/09/2020

ރޭގަނޑަށް ނޭވާ ހިއްލުމުގެ އުނދަގޫ ބޮޑުވަނީ ކީއްވެ؟

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނޭވާ ހިއްލުމުގެ އުނދަގޫ ތަހައްމަލްކުރާ 30-70 އިންސައްތަ މީހުންނަކީ ރޭގަނޑުގެ ވަގުތުގައި މި ބަލީގެ އުނދަގޫ ބޮޑުވާ މީހުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/09/2020

Asthma
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުވާލުގެ ވަގުތުތަކުގައި ނޭވާ ކުރުވުމާއި ކެއްސުން ގިނަ މީހުންނަށް ވެފައި ވަނީ ވަރަށް ބޮޑު ތުރާލަކަށެވެ. އަދި އެއަށްފަހު ރޭގަނޑުގެ ވަގުތުތަކުގައި މިގޮތަށް ނޭވާލާން ދަތިވެ ކެއްސުމުގެ ސަބަބުން ނޭވާ ހިއްލުން ނުވަތަ އެސްމާ ހުންނަ މީހުންނަށް ހަމަޔަށް ނިދާލުމަކީ ދަތި ކަމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނޭވާ ހިއްލުމުގެ އުނދަގޫ ތަހައްމަލްކުރާ 30-70 އިންސައްތަ މީހުންނަކީ ރޭގަނޑުގެ ވަގުތުގައި މި ބަލީގެ އުނދަގޫ ބޮޑުވާ މީހުންނެވެ. އެންމެންނަށް ރޭގަނޑަށް ނޭވާހިއްލުމުގެ އުނދަގޫ ބޮޑު ނުވިނަމަވެސް ގިނަ މީހުންނަކީ މިކަން ތަހައްމަލްކުރާ މީހުންނެވެ.

ރޭގަނޑުގެ ވަގުތުގައި ނޭވާ ހިއްލުމުގެ އުނދަގޫ ބޮޑުވާން ދިމާވާ ސަބަބުތައް

· އެލާޖިކްވާ އެއްޗަކަށް ހުށަހެޅުން:  ތަތްމަކުނު، ގެންގުޅޭ ޖަނަވާރުގެ ކެހެރި ނުވަތަ ފަތް އަދި ޑަސްޓް މައިޓްސް އަކީ ކޮޓަރީގައި ވަރަށް އާންމުކޮށް ހުންނަ އެއްޗެކެވެ. އަދި މިފަދަ ސޫފިތަކަކީ އޭގެސަބަބުން ނޭވާ ހިއްލާ މީހުންނަށް އިތުރު ތަކްލީފްތަކެއް ކުރިމަތިވާ އެއްޗިއްސެވެ.

ހާއްސަކޮށް ނޭވާ ހިއްލާ މީހަކު ދުވާލަކު 6 ނުވަތަ 9 ގަޑޮއިރު އެނދުގައި ހޭދަކުރުމަކީ މިފަދަ އެލާރޖީތަކަށް ވަރަށް ބޮޑަށް ހުށަހެޅޭ ކަމެކެވެ. އަދި ބައެއް މީހުންނަށް ދުވާލުގެ ވަގުތުތަކުގައި ކުރިމަތިވާ މިފަދަ އެލާޖިކްވާ ކަންކަމުގެ އުނދަގޫ ރޭގަނޑަށް ކުރިމަތިވުމަކީވެސް ވެފައި ހުރި ގޮތްގޮތެވެ.

· އުއްޑުން އޮވެ ނިދުން / އެސިޑް ރިފްލަކްސް

އާންމުކޮށް ނިދަން އޮވެވޭގޮތަކުން ވެސް މި އުނދަގޫ ބައެއް މީހުންނަށް ކުރިމަތިވެއެވެ. އަހަރެމެން ތަނެއްގައި އޮށޯތުމުން ބަނޑުގައި ހުންނަ އެސިޑްތަކަށް ގޮހޮރަށް ދަތުރުކުރުމަށް ފަސޭހަ ވެއެވެ.

މިހެން އެސިޑްތައް ދަތުރުކުރުމުގެ ތެރޭގައި ހިންދިރުވާލެވިއްޖެނަމަ ބައެއް ފްލުއިޑްތައް ނޭވާހޮޅިއަށް އެޅި ކެއްސައިގަތުމަށް މެދުވެރި ވެއެވެ. ރިފްލަކްސް އެސިޑުންވެސް މެދުވެރިވަނީ މިފަދަ ގޮތެކެވެ. މީގެ ސަބަބަން ބައެއް ފަހަރު ނޭވާއަށް ވެސް އުނދަގޫކުރެއެވެ.

· ޕޯސްޓް-ނޭސަލް ޑްރިޕް

ޕޯސްޓް-ނޭސަލް ޑްރިޕް އަކީ ނޭފަތުގައި ހުންނަ އަރިދަފުސް ކަރުގެތެރެއަށް އެޅުމަށް ކިޔާ ނަމެކެވެ. ގިނަމީހުންނަށް މިހެން ދިމާވަނީ ރޭގަނޑު ނިދާފައި ތިބޭ ވަގުތުގަ އެވެ. އަދި އޮށޯތުމުން މި އަރިދަފުސްތައް ނޯށުންލާފައި ކަރުތެރެއަށް އެޅުމުގެ ނަތީޖާއަކަށް ވަނީ ކެއްސުމެވެ. ބަންޑުން ނިދުމަކީ ވެސް މިކަމުގެ އުނދަގޫ ބޮޑުވެ، ނޭވާއަށް އުނދަގޫ ކުރާ ކަމެކެވެ.

· ފުއްޕާމޭގެ މަސައްކަތަށް އަންނަ ބަދަލުތައް

ދުވާލުގެ ވަގުތާއި އަޅާބަލާއި ރޭގަނޑު ފުއްޕާމޭގެ މަސައްކަތްކުރުމަށް ބޮޑެތި ތަފާތުތަކެއް އަންނާނެ އެވެ. ސަބަބަކީ ދުވާލުގެ ވަގުތުގައި މީހުން މާ އެކްޓިވްކޮށް އުޅުމުގެ ސަބަބުން ފުއްޕާމޭ އޭގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރާތީ އެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ނޭވާ ހޮޅި ބެދުމަކީ އެސްމާ ހުންނަ މީހުންނަށް އުނދަގޫ ބޮޑުވާ ކަމެކެވެ.

· އެސްމާ ބޭސް ބޭނުންކުރާ ވަގުތު

އެސްމާ ބޭސް ރޭގަނޑުގެ ވަގުތުގައި ބޭނުންކުރުމަކީ ނިދާފައި އޮންނަ ވަގުތު އިތުރު އުނދަގޫތައް ކުރިމަތިވާ ކަމެކެވެ.

· ސްޓްރެސް

ސްޓްރެސް އާއި ރޭގަނޑު ކުރިމަތިވާ އެސްމާގެ އުނދަގުލާއި ގުޅުމެއް ވާކަމަށް ދިރާސާއަކުން ވެސް ވަނީ ދައްކާފަ އެވެ. ސްޓެސްވާ ވަގުތު ހަށިގަނޑުން އުފައްދާ ހޯމޯންސްގެ ސަބަބުން ނޭވާ ހޮޅިއަށް އަސަރުކުރާކަމަށް މިދިރާސާއިން ވަނީ ދައްކާފައެވެ.

ފަރުވާއަކީ ކޮބާ؟

ރޭގަނޑު ނިދާފައި އޮއްވާ އެސްމާ އެޓޭކެއް އައިސްފި ނަމަ އެންމެ އަވަސް ފަރުވާއަކީ އިންހޭލަރ ބޭނުން ކުރުމެވެ. މިފަދަ ކަމަކަށް ތައްޔާރުވުމުގެ ގޮތުން ނިދާފައި އޮންނައިރު މި އިންހޭލަރ އަބަދުވެސް އތުގައި ޖެހޭ ހިސާބުގައި ބޭއްވުމަކީ މުހިއްމު ކަމެކެވެ. އަދި ފަސޭހަ ފަރާތަކަށް އޮވެ ނިދުމުގެ އިތުރުން ބައެއް މީހުން ފެން ބުއިމުންވެސް ރަނގަޅު ވެއެވެ.

އެސްމާގެ އުނދަގޫ ރޭގަނޑަށް ބޮޑުވެ ދިގުދެމިގެން ދާނަމަ އެންމެ ރަނގަޅު ގޮތަކީ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމެވެ.

މީގެއިތުރުން ކަސްރަތުގެ ސަބަބުން ވެސް މިކަމަށް ލުޔެއް ލިބޭކަމަށް މީގެ ކުރިން ހެދި ދިރާސާއަކުން ދައްކާފައި ވެއެވެ.

މި ދިރާސާގައި ބުނާގޮތުން ހަފްތާ އަކު ދެފަހަރު 6 ނުވަތަ 8 ހަފްތާ ވަންދެން ކަސްރަތު ކުރާނަމަ ކުޑަކުދިންނަށް ރޭގަނޑުގަޑީގައި ދިމާވާ އެސްތްމާގެ އުނދަގޫ ކުޑަކޮށްދެ އެވެ. އަދި 10 ނުވަތަ 12 ހަފްތާއަށް ކޮށްފިނަމަ ބޮޑެތި މީހުންގެ ކިބައިންވެސް އެދެވޭ ނަތީޖާއެއް ފެންނަކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ