
މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވް ވީ 26 މީހުންނެވެ. އެއީ 19 ދިވެހިންނާއި ބަންގްލަދޭޝްގެ 7 މީހުންނެވެ.
މި 26 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1942 އަށް އަރައިފައެވެ.
ހަމައެހެންމެ މިއަދު ރާއްޖެއިން ވަނީ އިތުރު 85 މީހަކު ރަނގަޅުވެފަ އެވެ. އެހެންކަމުން މި ބަލިން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު ވަނީ 1،010 އަށް އަރާފައެވެ. އަދި މިހާރު ބަލީގައި ފަރުވާ ދެމުންދަނީ 922 މީހުންނަށެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ ރާއްޖޭގައި މިވަގުތު 922 އެކްޓިވް ކޭސް ހުރިއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 939 މީހުން އެބަތިބި ކަމަށެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 523 މީހުން ތިބި ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިއަދު ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން 70 ކޮންޓެކްޓުން ފަހަގަ ވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުންޏެވެ.
މި ބަލީގައި މިހާތަނަށް އަށް މީހުން މަރުވެފައިވާއިރު އޭގެ ތެރޭ ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)